ޓީމާއެކު ނުހޮވުމުން އެމްބީއޭގެ ރައީސްކަމަށް ހޮވުނު ސިނާން އިސްތިޢުފާ ދެއްވައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޢަބްދުﷲ ސިނާން އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސިނާނު އިސްތިޢުފާދެއްވި ސަބަބެއް ކަމަށް ވިދާޅުވީ މަސައްކަތް ކުރީ ޓީމާއެއްކޮށް އަންނަން ކަމަށާއި އެހެންނަމަވެސް ނަތީޖާ އައީ ހީކުރިގޮތާއި ޚިލާފަށް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
basketball vote 3
ވޯޓުލަނީ : ފޮޓޯ އެޓޯލްނިއުސް / އިބޭ

ސޯޝަލް ސެންޓަރގައި މިރޭ ބޭއްވި އެމްބީއޭގެ އިންތިޚާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ސިނާންއާ ވާދަކޮށް ނާކާމިޔާބުވި އަހުމަދު މަމްދޫހު (މަންޑޭ) ގެ ޓީމަށެވެ. މަންޑޭގެ ޓީމުގައި ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް ވެސް ހިމެނެއެވެ.

އެމްބީއޭގެ ރައީސްކަމަށް ހޮވުމުން ވާހަކަ ދެއްކުމަށް ސިނާނަށް ފުރުޞަތު ލިބުމުން ޕޯޑިއަމް ކައިރިއަށް ވަޑައިގެން އިސްތިޢުފާ ދެއްވުމަށް ފަހު ވިދާޅުވީ އޭނާ ވާދަކުރެއްވީ މަންޑޭއާ ނޫން ކަމަށާއި އޭނާ ވާދަކުރީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާ ކަމަށެވެ. މިގޮތަށް އޭނާ ވިދާޅުވީ މަންޑޭ ހޮވުމަށް ޝަވީދު ކެމްޕެއިން ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައެވެ.

ސިނާން ވާހަކަ ދައްކަވަނީ. ފޮޓޯ: އެޓޯލް ނިއުސް އިބޭ
ސިނާން ވާހަކަ ދައްކަވަނީ. ފޮޓޯ: އެޓޯލް ނިއުސް/ އިބޭ

ސިނާނުގެ އިސްތިއުފާ އާގުޅިގެން އިންތިޚާބީ ކޮމިޓީގެ ޗެއަރމަން އިބްރާހިމް އިސްމާޢިލް ވިދާޅުވީ އިންތިޚާބު ބޭއްވުމުން އެ ކޮމިޓީގެ މަސައްކަތް ނިމުނީ ކަމަށެވެ. އަދި އެކަން ހޯމް މިނިސްޓްރީއަށް އަންގާނެ ކަމަށާއި ގޮތެއް ނިންމާނީ އެފަރާތުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.