
ކޭސްތައް މަދުވުމުން ދިއްފުށީގެ މޮނިޓަރިން އުވާލައިފި
ކޮވިޑް ކޭސްތައް ގިނަ ޢަދަދަކަށް ފެނުނު ކ. ދިއްފުށިން ކޭސްތައް މަދުވުމުން މޮނިޓަރިން އުވާލައިފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދިއްފުށީ ކައުންސިލަށް ފޮނުއްވި އެންގުމުގައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.
މިދިޔަ މާރޗު މަހުގެ 23 ގައި މޮނިޓަރިންގ އަށްލުމަށް ފަހު، މޮނިޓަރިން އިއްޔެ އުވާލި އިރު، އިއްޔެއާ ހަމައަށް 143 ކޭސް ވަނީ ފެނިފަ އެވެ.
ދިއްފުށި މޮނިޓަރިންގ އަށް ލާފައިވަނީ ފެލިވަރު ޕޮސިޓިވް ކޭސްތަކާއި ޑައިރެކްޓް ކޮންޓެކްޓުވި ބަޔަކު ދިއްފުށީގައި ތިބުމުން ނެވެ.
ދިއްފުށީ ސިއްހީ މަރުކަޒުން ބުނީ އެ ރަށުގައި މިހާރުތިބީ ކޯވިޑް ޖެހިފައިވާ 10 މީހުން ކަމަށެވެ.



