ފަހުވަގުތު ކާމިޔާބުކުރި ލަނޑުން ޓީމު ޔަގީންގެ މައްޗަށް ޓީމް ހޮޅުއަށި ކުރިހޯދައިފި

މިހާރު ކުރިޔައްދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 2016 ފުޓްސަލް ޗެލެން މުބާރާތުގައި މިއަދި ހަވީރު ހޮޅުއަށްޓާ ކުލަބު ޔަގީން ބައްދަލުކުރި މެޗު ޓީމް ހޮޅުއަށިން ކާމިޔާބުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިޗު ޓީމް ހޮޅުއަށިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދު ހަވީރު އާރުއެޗްކިއު ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ފޯރިގަދަ އަވަސް ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ ޓީމު ޔަގީނުންނެވެ.

ޓީމު ޔަގީންގެ ލަނޑުތައް ޖަހައިދީފައިވަނީ މުޙައްމަދު ރަޝީދު އާއި އަބުދުﷲ ޝާހިދުއެވެ. މީގެން ކޮންމެ ކުޅުންތެރިއަކުވެސް އެއް ލަނޑު ޖަހާފައިވެއެވެ.

ޓީމު ހޮޅުއަށިން ޖެހި ލަނޑުތައް ޖަހައިދީފައިވާ ކުޅުންތެރިންނަކީ ރާއްޖޭގެ ފުރަތަމަ ޑިވިޒަންގެ ޓީމެއް ކަމުގައިވާ ނިއުރޭޑިއަންޓަށް ވެސް ކުޅެމުންއަންނަ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ނިޔާޒް އާއި ނައުފަލް މުޙައްމަދު (ބަކާ) އެވެ.

މި މެޗުގައި މޮޅުކުޅުމެއް ދެއްކި އަޙުމަދު ނިޔާޒް ދެ ލަނޑު ޖެހިއިރު ބަކާ ވަނީ އެއްލަނޑު ޖަހާފައެވެ.

މި މެޗުން ޓީމު ހޮޅުއަށި މޮލުވިނަމަވެސް ޓީމު ޔަގީނުންވެސް ވަނީ މި މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމަށް ލަނޑުޖަހަން ގިނަ ފުރުސަތު ތަކެއް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޓީމު ހޮޅުއަށި މި މެޗުން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ގޯލްގެތެރެއަށް ވައްދާލައިގެންނެވެ. ހޮޅުއަށި ޓީމުން މި ޕެނަލްޓީ ޖަހާ ގޯލްގެތެރެއަށް ވައްދާލީ އަޙުމަދު ނިޔާޒު އެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މެޗުގައި މޮޅުކުޅުމެއް ދައްކާ 2 ލަނޑު ޖަހައިދިން އަޙުމަދު ނިޔާޒުއެވެ.

މިނަތީޖާއާ އެކު މިވަގުތު ޓީމު ހޮޅުއަށި ވަނީ އެޓީމު ހިމެނޭ ގުރޫޕް ބީ ގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ޓީމު ހޮޅުއަށި ވަނީ މި މުބާރާތުގައި އެޓީމު ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. އެހެން ކަމުން ހޮޅުއަށި ގުރޫޕް ބީގެ އެއްވަނާގައި އޮތީ 6 ޕޮއިންޓާ އެކުގައެވެ.

ހޮޅުއަށި ޓީމު އަތުން ބަލިވި \ޓީމު ޔަގީން މިވަގުތު އަދި އޮތީ އެ ގުރޫޕުގެ ދެވަނާގައެވެ. އެޓީމު މިހާތަނަށް ދެެމެޗު ކުޅެފައިވާއިރު އެއްމެޗުން ވަނީ މޮޅުވެފައެވެ. އެހެން ކަމުން އެޓީމު ގުރޫޕު ދެވަނާގައި އޮތީ 3 ޕޮއިންޓާއެކުގައެވެ.

މާދަމާ ކުޅޭނީ މިމުބާރާތުގެ ގުރޫޕް އޭގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ޓީމު އޯކޭ އާއި ޓެސްކޯ ފުޓްބޯޅަ ކުލަބެވެ. މި މެޗުވެސް ކުޅެވޭނީ ހުޅުލެ އާރުއެޗްކިއު ދަނޑުގައި މާދަމާ ހަވީރު 4:30 ގައެވެ.

 

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.