
ފީފާ ރޭންކިންގައި އިންޑިއާއަށް 11 ދަރަޖައިގެ ކުރިއެރުމެއް..
ދުނިޔޭގެ ރޭންކިނަގައި އަވައްޓެރި އިންޑިއާއަށް 11 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
އިންޑިއާއަށް 11 ދަރަޖައިގެ ކުރިއެރުމެއް ލިބިފައި މިވަނީ ފީފާއިން މިއަދުނެރުނު ދުނިޔޭގެ ދަރަޖަކުރުމުގެ ލިސްޓުންނެވެ.
އިންޑިއާ އަށް 11 ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު އެގައުމު މިހާރު އޮތީ ފީފާ ދުނޔޭގެ ރޭންކިންގެ 137 ވަނާގައެވެ. އިންޑިއާ އަށް ފީފާ ރޭންކިންގެ 137 ވަނަ ލިބޭއިރު ހޮންކޮންގ ، ސައިޕްރަސް، ތަޖަކިސްތާންފަދަ ގަުމުތައް މިހާރުވަނީ އިންޑިއާއަށް ވުރެ ދަށުގައެވެ.
އިންޑިއާއަށް މިހާބޮޑު ކުރިއެރުމެއް ލިބިފައި މިވަނީ އެޓީމު ވޯލްޑްކަޕް ކޮލިފައިނަގައި ދައްކާފައިވާ ކުޅުމަށް ބަލާފައެވެ. އިންޑިއާއަށް 11 ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވަނީ 230 ޕޮއިންޓާ އެކުގައެވެ.
ރާއްޖެއަށް އޮތީ އިންޑިއާއަށްވުރެ 20 ގައުމު ފަހަތުގައެވެ. ރާއްޖެއަށް ލިބެނީ ފީފާ ރޭންކިންގެ 158 ވަނަ އެވެ. އެއީ 161 ޕޮއިންޓާއެކުގައެވެ.
މިފަހަރުވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބެނީ އާޖެންޓީނާއަށެެވެ. ދެވަނަ ޖަރުމަނައްލިބޭއިރު ތިންވަނަ ލިބެނީ ބްރެޒިލްއަށެވެ.



