މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދު ކުރުމަށް ރޭސިންގ އަކީ މުހިންމު އެއްޗެއް: މަހްލޫފް

މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދު ކުރުމަށް ރޭސިންގ އަކީ މުހިންމު އެއްޗެއް: މަހްލޫފް
ރޭސިންގ ގެ ކަންކަން ރާއްޖޭގައި ކުރިއެރުވުމަށް އެކި އިރު، އެކިގޮތަށް މަސައްކަތް ކުރެވޭ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
ސައިކަލް ރޭސްތަކުގައި މަޝްހޫރު، މޮޓޯ ޖީޕީ ރޭސިންގ ޗެމްޕިއަނެއްކަމަށްވާ ޙޮރްހޭ ލޮރެންޒޯ ރާއްޖެއައުމުން އޭނާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކަމަށް އެއްވެސް ކަހަލަ ހައްލެއް ނާންނަކަމަށެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް ވެސް މަދުވުމަށް ރޭސިންގ އަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މަހްލޫފް ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ރޭސިންގ އަށް ޖާގައެއް ހެދުމަށް އެޗްޑީސީ އާއެކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ސްރީލަންކާގެ ރޭސްޖަހާ ފަރާތެއް ކަމަށްވާ ނަމާރާޖަޕަކްސަ ވެސް ޝައުގުވެރިކަމާއެކު ރާއްޖޭގައި ކާރު ރޭހެއް ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ
މީގެ އިތުރުން ގުޅީފަޅު ތަރައްގީވަމުން އަންނަ އިރު، މިފަދަކަމަކަށް ޖާގައާއެކު ޕްލޭން ކުރުމަށް އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރ މަލްހޫފު ވިދާޅުވި.
މިނިސްޓަރ ވިދާޅުވީ ވަކިން ސީދާ ޓްރެކެއް އަޅަނީ ނޫން ކަމަށާއި މަގުތައް ތަރައްގީވެގެންދާނީ ރޭސް ޖެހޭ ގޮތަށް ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ހުންނަގޮތަށް ރޭސްޖަހާ ޓްރެކެއް އެޅުމުގެ ކެޕޭސިޓީ އަދިނެތް ކަމަށާއި އެފަދަ މުއްސަނދިކަމެއް ރާއްޖޭގައި އަދިނެތް ކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.
އެހެންނަމަވެސް އިންޑަސްޓްރިއަލް ސަރަހައްދު ތަރައްގީވެގެން އަންނަ އިރު، ރޭސްޖަހަން ބޭނުންވާ ފުޅާ މިނާއި ދިގުމިނާއި ހުރިހާ ކަމެއް ހިމަނައިދިނުމަށް އެދިފައިވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ އެކަން އެގޮތަށްވާނެ ކަމަށާއި އެމަނިކުފާނަށް ވެވެންއޮތް ހުރިހައި ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރ މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.