ބާސެލޯނާއިން މެންޗެސްޓާ ސިޓީ ލަދުގަންނަވާލައިފި.

މިހާރު ކުރިޔައްދާ ޔޫއެފާ ޗްމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރޭ ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ތަފާތު ބޮޑުނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

ރޭ ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުން ސިޓީގެ މައްޗަށް ބާސެލޯނާ ކުރިހޯދީ 0-4 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

hi-res-903d17a8b1e81766c9331a2cde3f3e5a_crop_north

ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑުޖަހާ ބާސެލޯނާ ލީޑުނެގީ މެޗުގެ 16 ވަނަ މިނެޓުގައި މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ލަނޑަށް ފަހުވެސް ބާސާރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ސިޓީއަށްވެސް ވަނީ ފުރަތަ ހާފުގައި ނަތީޖާ އެއްވަރުކޮށްލަން ޗާންސްލިބިފައެވެ. އެހެން ނަމަވެސް ސިޓީގެ ގުންޑޮގާން އަދި ނޮލީޓޯގެ ހަމަލާގެ ހުރަހަކަށްވީ ބާސެލޯނާގެ ގޯލްކީޕަރު ސްޓީޖެންއެވެ.

މެޗުގެ ފުރަތަމަ ހާފު ބާސާ ލީޑުގައި އޮވެނިންމާލިއިރު ފަހުހާފުގެ ވަރަށް ކުރީކޮޅު ސިޓީގެ ގޯލްކީޕަރު ބުރާވޯއަށް ވަނީ ރެފްރީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. ބުރާވޯއަށް ރަތް ކާޑު ދެއްކީ ޕެނެލްޓީއޭރިއާގެ ބޭރުން ގަސްދުގައި ބޯޅައިގައި އަތްލުމުންނުވެ.

gettyimages-614821056

ބުރާވީ ބޯޅާގައި އަތްލާފައިވަނީ ބުރާވޯ އަށް ފަހަތުން ލިބުނު ބޯޅައެއް ފޮނުވާލަން އުޅުމުގެ ތެރޭގައި ދެވުނު މިސްޕާހެއް ކައިރީގައި ހުރި މެސީއަށް ލިބި މެސީ އެބޯޅަ ހުސްކޮށް އޮވެ ގޯލްގެތެރެއަށް ފޮނުވާލަން މަސައްކަތް ކުރިވަގުތުއެވެ.

ސިޓީ މި މެޗުގެ ފަހުހާފުގެ ބޮޑުބައި ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރިންނާއި އެކުގައެވެ.

ބާސާގެ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހަފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. އިނިއެސްޓާގެ ޕާހަކުން މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސްޖެހައިދިނީ މެސީއެވެ. މެސީ ވަނީ މެޗުގައި ބާސާއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށް މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެސީގެ ތިންވަނަ ލަނޑު ޖަހާފައިވަނީ ލުއިސް ސުއަރޭޒް ދިން ޕާހަކުން މެޗުގެ 69 ވަނަ މިނެޓުގައެވެ. ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނޭމާއެވެ.

މެޗުގެ ފަހުވަގުތު ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިނާކާމިޔާބުވެފައެވެ. ނޭމާ ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި ބާސެލޯނާޖެހި 4 ލަނޑުގެތެރެއިން 3 ލަނޑުޖަހާފައިވަނީ ސިޓީގެ ޑިފެންސްލައިނުން ހެދީ ބޮޑެތި މިސްޓޭކުތަގެ ފައިދާ ނަގައިގެންކަން ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ސިޓީއަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިބޭކާރުވެފައެވެ.

ރޭގެ މި ނަތީޖާއާއެކު މިވަގުތު ބާސާ ހިމެނޭ ގުރޫޕުގެ އެއްވަނައިގައި 9 ޕޮއިންޓާއެކު ބާސާވަނީ ދެވަނަ ބުރުގެ އުންމީދު އާކޮށްފައެވެ.

neymar-barcelona-celtic-champions-league_1kon1xbt3sco1bmhzpl73g9oa

ބާސެލޯނާ އެޓީމު ކުޅުނު ތިންމެޗުންވެސް މޮޅުވެފައިވާއިރު ސިޓީ ވެސް ވަނީ އެޓީމު ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއެކު ގުރޫޕު ސީގެ ދެވަނައިގައެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ 1 ވަނަ ދުވަހު ސިޓީގެ ދަނޑުގައެވެ. ރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޗުގައި 3 ލަނޑުޖަހާ ހެޓްރިކް ހެދި މެސީއެވެ.

މިއީ ގިނަދުވަސްތަކެއް ވަންދެން އަނިޔާގައި އުޅުމަށް ފަހު އެނބުރިއައިސް ފުރަތަމަ އެގާރާގައި ހިމެނިގެން މެސީ ކުޅުނު ފުރަތަމަ މެޗެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.