
އަނެއްކާވެސް ރާއްޖެއަށް ރީތި ނަމެއް
އިންޑީއާގެ ކޮޗިންގައި މިއަދު އޮތް އައި ޑީ ބީ އައި ފެޑަރަލް ލައިފް އިންސުއަރެންސް ސްޕައިސް ކޯސްޓް މެރަތަން ގައި ރާއްޖޭގެ ދުވުންތެރިއެއް ކަމަށްވާ ޢާލީ ހާޝިމް ( ލަޔަން ހާޓް) ހާފް މެރަތަން ކެޓަގަރީ 2 ވަނަ ހޯދައިފިއެވެ. ޢަލި ހާޝިމް ހާފް މެރަތަން ނިންމާފައިވަނީ 1 ގަޑި 37 މިނެޓުންނެވެ.
މި ދުވުމުގައި ހާޝިމްގެ އިތުރުން އެޗް ރަނަރސްގެ މުޙައްމަދު ޖަމްޝީދު (ޖަންބެ) ވެސް ވަނީ ހާފް މެރަތަން ފުރިހަމަ ކުރައްވާފައެވެ.

ޢަލީ ހާޝިމް އަކީ ދާދި ފަހުން ރާއްޖޭގައި ދުވުމާއި ދުޅަހެޔޮ ސިއްހަތެއް މުޖްތަމަޢުއަށް ހޯދައިދިނުމުގެ މަޤްޞަދުގައި އުފެއްދި އެޗް ރަނަރސްގެ ނާއިބު ރައީސްގެ އިތުރުން މޯލްޑިވްސް އެއަރ ޕޯޓް ކޮންޕަނީގެ އެންބަސަޑަރެވެ.


އެޗް ރަނަރސްގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި އެޗް ރަނަރސް އިން ކުރިޔަށް އޮތްތާންގައިވެސް އިންޓަނޭޝަނަލް މުބާރާތްތަކަށް ދުވުންތެރިން ތައްޔާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރާނެއެވެ.
”މި ކާމިޔާބީގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު އެބަތިބި. އެޗް ރަނަރސްގެ ހުރިހާ މެންބަރުނާއި ޚާއްޞަކޮށް ނިޒާމް ކޯޗުގެ ޓްރެއިނިންގެ ތަފާތުކަން ވަރަށް ބޮޑަށް އެނގިއްޖެ، އަދި ދުވުމުގެ ހުރިހާ ކަމެއްގައިވެސް އަޅުގަނޑުގެ އަންހެނުން ދޭ އެއްބާރުލުމާ ހިތްވަރު އަޅުގަނޑު ހަނދާން ނުނެތޭނެ = ހާޝިމަ ވައިބަރ ކޯލެއް މެދުވެރިކޮށް އެޓޯލް ނިއުސް އަށް ކިޔައި ދިނެވެ.

އިތުރަށް ހާޝިމް ވިދާޅުވީ ފެށުނީންސުރެން މިއަދާ ހަމައަށް ދުވުމުގައި ލިބުނު ހުރިހާ އެކުވެރިން އަބަދުވެސް ހަނދާން ކުރާނެ ކަމަށާއި އެމީހުންގެ އެކުވެރިކަން އަބަދުވެސް ދަމައްޓާނެކަމަށެވެ. އެއީ މިކަމުގެ ވަރަށް ބޮޑު ހިތްވަރެއްކަމުގައިވެސް ހާޝިމް ފާހަގަ ކުރިއެވެ.
އެންމެ ފުރަތަމަވެސް އަޅުގަނޑު ހާޝިމްއަށް މަރްހަބާ ދަންނަވަން، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ހުރިހާ ފެންވަރެއްގެ މީހުނަށް ވެސް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދެވޭތޯ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި އެކި މުބާރާތްތަކުގައި އެޗް ރަނަރސް އިން އެކި ކުޅިވަރުތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީއެއް ހޯދައި ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން އިންޝާ ﷲ ، މިކަމުގައި ނިޒާމް ކޯޗު ހިލޭ ކޮށްދެއްވަމުން ގެނަދަވާ ބުރަ މަސައްކަތަށް އަޅުގަނޑު އެޗް ރަނަރސްގެ ނަމުގަ އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، = އެޗް ރަނަރސްގެ މީޑިއާ އޮފިސަރ އަސްޢަދު ވިދާޅުވިއެވެ.
އެޓޯލް ނިއުސް އިން އެދެނީ އެޗް ރަނަރސް އަށް ފާގަތި މުސްތަޤުބަލެކެވެ. އަދި ޚާއްޞަކޮށް ހާޝިމް ކަހަލަ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކޮށް އަބަދުވެސް ކާމިޔާބަށް އެދެމެވެ.



