ބާސެލޯނާ އަދި މެންޗެސްޓާ ސިޓީ އަކީ ޔޫރަޕުގެ ފުޓްބޯޅައިގައި ވަރުގަދަ ދެބާރެވެ.
ިނގިރޭސި ޕްރިމިއާލީގަށް ނިސްބަތްވާ ސިޓީއާ ސްޕެނިޝް ލީގަށް ނިސްބަތްވާ ބާސެލޯނާއަކީ މީގެ ކުރިން ވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައިވާ ދެޓީމެވެ.
އެގޮތުން މި ދެޓީމުގެ ބައްދަލުވުންތަކަށް ބަލާއިރު މީގެ ކުރިން މި ދެޓީމު ވަނީ ހަތަރު ފަހަރެއްގެ މަތިން ބައްދަލު ކޮށްފައެވެ. އެއީ 2014 ވަނައަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ބައްދަލުކުރި ހޯމްއަވޭ ދެމެޗާއި 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގުރޫޕްސްޓޭޖުގައި ވާދަކުރި ހޯމްއަވޭ ދެމެޗެ.
2014 ވަނަ އަހަރުގެ ބައްދަލުވުމަށް ބަލާއިރު ދެމެޗުން ވެސް ބާސެލޯނާ ވަނީ މޮޅުވެފައެވެ. ބާސެލޯނާގަ ކުޅުނު މެޗުން -1-2 ގެ ނަތީޖާއިން ބާސާ މޮލޫވިއިރު ސިޓީގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިންނެވެ.
2015 ވަނަ އަހަރުގެ ބައްދަލުވުންތަކަށް ބަލާއިރު މިއަހަރުގައިވެސް ބައްދަލުކުރި ދެމެޗުވެސް ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއިންނެވެ. އެއީ ބާސާގެ ދަނޑުގައި ކުޅުނު މެޗ 0-1 ގެ ނަތީޖާއިން ބާސާ މޮޅުވެފައިވާއިރު ސިޓީގެ ދަނޑުގައި ކުޅުނު މެޗުވެސް 1-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ބާސާއެވެ.
އެހެން ކަމުން މިރޭގެ މި މެޗަކީ މި ދެޓީމު މި މުބާރާތުގައި ބައްދަލުކުރާ 5 ވަނަ މެޗެވެ. މިރޭގެ މެޗުގައި މި ދެޓީމު ބައްދަލުކުރާއިރު މިރޭގެ މިކުޅެނީ ގްރޫޕްސްޓޭޖުގެ ފުރަތަމަ ލެގުގެ މެޗެވެ. މި މެޗު ކުޅޭނީ ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައެވެ.
ދެޓީމަށް ބަލާއިރުވެސް ދެޓީމުގައިވެސް ހުނަރުވެރި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެކުލެއެވެ. އެގޮތުން ބާސާއަށް ބަލާއިރު ދުނިޔޭގެ މިވަގުތު ހުރި އެންމެ މޮޅު ކުޅޫންތެރިއާ މެސީ ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.
ދެޓީމުގެ މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގައި އެއްވެސް ޓީމެއްގެ އެއްވެސް ކުޅުންތެރިއެއް ނެތެވެ. ދެޓީމުގެ ކުޅުންތެރިންވެސް ފިޓްކަމަށް ޚަބަރުލިބެއެވެ.
މިރޭގެ މެޗުގައި ދެޓީމުގެ ފޯވާޑްލައިންގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އާޖެންޓީނާގެ ދެކުޅުންތެރިންނެވެ. މެސީ ބާސާގެ ފޯވާޑްލައިންގައި އިސްދައުރެއް އަދާކުރާއިރު ސިޓީގެ ފޯވާޑްލައިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އަގުއޭރޯއެވެ.
މިރޭ ދެޓީމު މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުން ވެސް ނެރޭ ފުރަތަމަ އެގާރަ ކުޅުންތެރިންނަށް ބަލާލުން މުހިންމެވެ.
ބާސެލޯނާ
މެންޗެސްޓާ ސިޓީ