އިސްލާމިކް ހެރިޓޭޖް މަންތު ފާހަގަކޮށްފި

”އިސްލާމިކް ހެރިޓޭޖް މަންތް“ގެ ނަމުގައި ފާހަގަކުރާ ޙަރަކާތްތަށް މިދިޔަ ބުދަ ދުވަހު ކެނެޑާގެ ޕްރޮވިންސްއެއް ކަމަށްވާ އޮންޓޭރިއޯގައި ފަށައިފިއެވެ. އޮންޓޭރިއޯގެ ޤާނޫނު ހަދާ މަޖިލިހުގައި މިޙަރަކާތް ފައްޓަވައިދެއްވީ އެޤައުމުގެ އިދިކޮޅު ޕާޓީ NDP Caucus ގެ ލީޑަރު އަންޑްރެއާ ހޯރވަތް އެވެ. ޖަލްސާ ހުޅުވައިދިނުމުގެ ގޮތުން ވާހަކަ ދައްކަމުން ޑޮލީ ބޭގަމް ވިދާޅުވީ ”އަހަރުމެންނަށް އިސްލާމިކް ހެރިޓޭޖް މަންތްގެ ތިންވަނަ ޙަރަކާތް ފާހަގަ ކުރުމުގައި ބައިވެރިވެވޭތީ އަހަރެން ވަރަށް އުފާވޭ، އަދި މިކަން (އިސްލާމިކް ހެރިޓޭޖް މަންތް ފާހަގަކުރުން) 2016ގައި ޤާނޫނުގެ ތެރެއަށް ވެއްދުނީ ކައުކަސް ޕާޓީގެ ލީޑަރު އަންޑްރެއާ ހޯރވަތް ވަރަށް ހިތްވަރާއެކު ކުރެއްވި ބުރަމަސައްކަތުން. މިއަދު އަހަރުމެން މިތިބީ އެކަން ކާމިޔާބުކޮށްގެން“

އިސްލާމިކް ހެރިޓޭޖް މަންތް ފާހަގަކުރުމުގެ ގޮތުން މުޅި އޮކްޓޯބަރ މަހުތެރޭ ތަފާތު އެކިއެކި ޙަރަކާތްތަށް ކުރިޔަށް ގެންދާނެކަަމަށް އިންތިޒާމު ކުރާފަރާތުން ބުނެއެވެ. މީގެތެރޭގައި އިސްލާމީ މުޖްތަމަޢުއަށް ކުރިމަތިވަމުން އަންނަ އެކިއެކި ގޮންޖެހުންތަށް ޙައްލުކުރުމަށް މަޝްވަރާކުރުމާއި، މީހުން ހޭލުންތެރިކުރުން ހިމެނެއެވެ. އެގޮތުން ވަރަށް ޚާއްޞަ ގޮތެއްގައި އިސްލާމްފޯބިއާ (އިސްލާމް ދީނަށް ފުރައްސާރަކޮށް އެދީނުގެ އަސްލުތަކަށް ހަޖޫޖަހާ އަސްލެއްނެތް ދޮގު ވަހަކަ ފެތުރުން) އާއި ދެކޮޅަށް ގިނަ ޙަރަކާތްތަކެއް ހިންގޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤާނޫނުހަދާ މަޖިލިހުގެ މިޖަލްސާގައި ދީނީ އިލްމުވެރިންނާއި އިމާމުންނާއި، އިޖްތިމާޢީ ލީޑަރުން ބައިވެރިވެ އެކުވެރި މާޙައުލެއްގައި ކަންކަމުގެ މަޝްވަރާ ބަދަލުކޮށްފައިވެއެވެ.
އެން.ޑީ.ޕީ ގެ ލީޑަރު ވިދާޅުވީ ”އޮންޓޭރިއޯ މުޖްތަމަޢު ތަރައްޤީ ކުރުމުގައި މުސްލިމުން ވަނީ ވަރަށްބޮޑު ދައުރެއް އަދާކޮށްފަ، މިޕްރޮވިންސް ޙަޤީޤީ ޕްރޮވިންސެއްގެ ގޮތުގައި ބައްޓަންކޮށްދިން ބަޔަކީ މިތަނުގައި ދިރިއުޅޭ މުސްލިމުން“. އިސްލާމިކް ހެރިޓޭޖް މަންތް ފާހަގަ ކުރުމުގެ ގޮތުން ހިންގޭ ޙަރަކާތްތަކުގެ ސަބަބުން، ތަޢުލީމީ ގޮތުންނާއި ވިސްނުމުގެގޮތުން ހެޔޮބަދަލުތަކެއް މިޕްރޮވިންސްގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޤަބޫލުކުރާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މިމަހު ކުރިޔަށްގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި އިސްލާމްދީނާއިމެދު މީހުންގެ ފިކުރު އިޞްލާޙް ކުރުމާއި، އިސްލާމްދީނުގެ ރަނގަޅު ރިސާލަތު އަވައްޓެރިޔާއަށް ފޯރުކޮށްދިނުން ހިމެނެއެވެ. މިޙަރަކާތްތަށް މުޅި ކެނެޑާގެ އެކިއެކި އިސްލާމިކް ސެންޓަރުތަކާއި، މިސްކިތްތަކުގެ އިތުރުން ސްކޫލުތަކުގައިވެސް ކުރިޔަށްގެންދެވޭނެއެވެ. އެގޮތުން ތަފާތު މައުރަޒުތަކާއި ދަރުސްތަކުގެ އިތުރުން މަސައްކަތު ބައްދަލުވުންތަކާއި ފިލްމު ސްކްރީނިންގވެސް ކުރިޔަށް ދާނެކަމަށް ޙަރަކާތްރާވާ ފަރާތުން ބުނެއެވެ.

ކެނެޑާގެ ސްޓެޓިސްޓިކަލް އެޖެންސީއިން ބުނާގޮތުގައި އެޤައުމުގައި އެންމެ ބާރަަށް ފެތުރެމުންއަންނަ ދީނަކީ އިސްލާމްދީނެވެ. ފާއިތުވި 10 އަހަރުތެރޭ މުސްލިމުންގެ އާބާދީ ވަނީ %82 އަށް އިތުރުވެފައެވެ. 2001 ގައި 579،000 މުސްލިމުން ތިބިއިރު 2011ގައި މިއަދަދުު ވަނީ 1 މިލިއަން މުސްލިމުންނަށް އިތުރުވެފައެެެވެ. މިއީ މުޅި ކެނެޑާގެ އާބާދީގެ 3.2 ޕަސަންޓެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.