ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވައިފި

ނ. އަތޮޅު ހެނބަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް، މިއަދު ފައްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވުމަށްޓަކައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސަގެ އިތުރުން އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން ޝާހު އާއި ޗެއަރމަން މުޙައްމަދު ފަހީމް ވަނީ ހެނބަދުއަށް ވަޑައިގަންފައެވެ. މީގެއިތުރުން އެކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ރިނާޒް އަބްދުﷲ އާއި މެނޭޖަރ އިބްރާހީމް ނިޝާތު ވެސް ވަނީ ހެނބަދުއަށް ވަޑައިގަންފައެވެ.

ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، ހެނބަދޫގައި ފެށިގެންމިދާ މަޝްރޫއަކީ ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ފެށިގެންދާ މަޝްރޫއެއް ކަމުގައެވެ. އަދި މި މަޝްރޫއަކީ ރައީއްސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ވައުދުގެ ދަށުން، މި ސަރުކާރުގެ ބަޖެޓްގެ ތެރެއިން ހިނގާ މަޝްރޫއެއްކަން ފާހަގަ ކުރެއްވިއެވެ.
IMG 8004
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިތުރަށް ވިދާޅުވި ގޮތުގައި، ހެނބަދޫގައި ފެށިގެން މިދާ މަސައްކަތުގެ ހަޤީޤީ ބަޠަލުންނަކީ އަދުގެ ސަރުކާރު ގެނައުމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާގެ ގޮނޑި އެބޭފުޅާއަށް ކާމިޔާބު ކޮށްދިނުމުގައި އިސްކޮށް އުޅުއްވި ހެނބަދޫގެ ހީވާގި ރައްޔިތުންކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ހެނބަދޫގައި ބަނދަރެއް އެޅުމަކީ ސިޔާސީ ދާއިރާއަށް ނިކުތީންސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، މިކަމުގައި ހެނބަދޫގެ ރައްޔިތުން ވަނީ ދިވެހިރާއްޖެއަށް އަދި ކެނދިކުޅުދޫ ދާއިރާއަށް ނަމޫނާ ދައްކަވާފައި ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، މި އަހަރު ނިމުމުގެ ކުރިން ހެނބަދުއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި ސުކޫލަށް ދިމާވެފައިވާ ތަފާތު ދަތިތަކަށް ހައްލެއް ގެނައުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަމަށް ފާހަގަ ކުރެއްވިއެވެ.
IMG 7980
ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން 26.6 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ހަސަން ޝާޙް ވިދާޅުވިގޮތުގައި، މި ޕްރޮޖެކްޓަކީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރާއި އެމް.ޓީ.ސީ.ސީގެ ޗެއަރމަން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ޕްރޮޖެކްޓެއް ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލުން ކަމުގައެވެ. އަދި އެމް.ޓީ.ސީ.ސީއަށް މި ޕްރޮޖެކްޓް ލިބުމުން އެކަމާ އުފާކުރާ ކަމަށާއި އެކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށާއި ދާއިރާގެ މެމްބަރު އަޙުމަދު އީސައަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.
IMG 8006
ހެނބަދޫގައި ބަނދަރެއް ހެދުމަކީ ޒަމާނުންސުރެ އެރަށުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. އެހުވަފެނުގައި ހަޤީޤީ ކުލަ ޖެހިގެން ދިޔަ، މި ތާރީޚީ ދުވަހުގައި، ރަށަށް ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެރަށުގެ ކަނބަލުންގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު އީސައަށާއި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ހަސަން ޝާޙްއަށް މަލާފަތެއް އެރުވިއެވެ. މީގެއިތުރުން، މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތަށްފަހު ހެނބަދޫގެ އެންމެހާ ރައްޔިތުންނަށާއި ރަށަށް ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ހާއްސަ ޖާފަތެއް އޮތެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ރަށުގެ އެންމެހާ މުއައްސަސާތަކާއި ކުދިބޮޑު އެންމެން ގުޅިގެން ރަށް ޒީނަތްތެރިކޮށް، ތަން ތައްޔާރުކުރުމުގެ މަސައްކަތްވަނީ ވަރަށް ފޯރީގައި ކުރިއަށް ގެންގޮސްފައެވެ. މިފަދަ އެންމެހާ ކަންކަމުގައި ހެނބަދޫގެ ރައްޔިތުންނަކީ ސިޔާސީ ފިކުރު އެއްކިބާކޮށް، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އަތުގުޅާލައިގެން މަސައްކަތްކުރާ، ނަމޫނާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.