އެމެރިކާގައި ކަޝްމީރުގެ މައްސަލައާދެކޮޅަށް ހިނގާލުމެއް

އެމެރިކާގެ ނިއު ޔޯރކް ސިޓީގައި 22 ސެޕްޓެމްބަރ 2019 ވީ އާދީއްތަ ދުވަހު ބޭއްވި 35ވަނަ ”މުސްލިމް ޑޭ ޕެރޭޑު“ ޚާއްޞަ ކޮށްފައިވަނީ ކަޝްމީރުގެ މައްސަލައަށެވެ. ތިން ހާހެއްހާ މީހުން ބައިވެރިވި މި ހިނގާލުމުގައި އެމެރިކާގެ އެކި ޘަގާފަތްތަކުގެ މީހުން ވަނީ ބައިވެރިވެފައެވެ.
ސައުތް އޭޝީއާ، އިންޑޯ އޭޝިއާ، އަދި އެފްރިކާ ދަރިކޮޅުގެ މީހުން އެއްވެ ކުރިޔައްގެންދިޔަ މިހިނގާލުމުގައި ބައިވެރިވި މީހަކު ބުނަނީ ތިމަންނަ މި ހިނގާލުން ތަކުގައި ބައިވެރިވަމުން އަންނަތާ މިހާރު 6 އަހަރު ވެދޭނެކަމަށެވެ. ”އަހަރެން މިހިނގާލުން ތަކުގައި ބައިވެރިވަނީ މުސްލިމުންގެ ކިބައިން ތަފާތުު ކަންތައްތަކެއް ފެންނާތީ“ އޭނާބުންޏެވެ.
”މަޑިސަން އެވެނިއު“ ގައި 12 ވަރަކަށް ބްލޮކަށް ހިނގި ގިނަމީހުން ގެންދިޔައީ އިސްލާމްދީނާ ދެކޮޅަށް ދެކެވޭ ވާހަކަތަކާއި ޢަމަލުތައް ކުށްވެރިކޮށް އަޑުއުފުލަމުންނެވެ. ޚާއްޞަގޮތެއްގައި އިންޑިޔާއިން ކަޝްމީރުގައި ހިންގަމުންދާ ޖަރީމާތަކާ ވަރަށްބޮޑަށް ދެކޮޅުހަދާފައިވެއެވެ. ވޭތުވެދިޔަ 50 ހަކަށްދުވަހު ކަޝްމީރުގައި މީހުންވަނީ ނާމާންކަންމަތީ ގެތަކުގައި ތާށިވެފައެވެ.
މި ހިނގާލުން އިންތިޒާމް ކުރާ ގްރޫޕްގެ ޗެއާމަން ފައްޔާޒު ބުނީ ”މިއަހަރު އަހަރުމެން މި ހިނގާލުން ޚާއްޞަ މިކޮށްލަނީ ކަޝްމީރުގެ މައްސަލައަށް. ހިތާމައާއިއެކު ބުނަންޖެހެނީ، މިމައްސަލައަށް މުޅިދުނިޔެ ދަނީ ބީރުކަންފަތެއް ދެމުން. ގިނަމީހުން އެތިބެނީ އިންޑިޔާ ރުއްސަން.“
މިހިނގާލުމުގެ ބައިވެރިއެއްކަމުގައިވާ އަމްނާ އަޚޫން ބުނީ ”މިހިނގާލުމުގެ ސަބަބުން އެމެރިކާގައި އުޅޭ މުސްލިމްނޫން ފަރާތްތަކަށް، މުސްލިމުންގެ އެއްބައިވަންތަކަން އިނގިގެންދާނެ، އަހަރުމެން (މުސްލލިމުން) އެއްބަޔަކު އަނެއްބަޔަކަށް އޮންނަގުޅުން އަދި މުސްލިމުންނާއިމެދު ޢަމަލުކުރެވެމުންދާ އިހާނެތި ގޮތް.“
ދުނިޔޭގައި މުސްލިމުންނާމެދު ދެކެވޭ ނަޒަރިއްޔާ ރަނގަޅުކުރުމަށްޓަކައި މުސްލިމުން އަބަދުވެސް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ކާފަރުންގެ ތެރެއިން ބަޔަކު ރާވައިގެން މުސްލިމުންގެ ފޭރާމުގައި ނޭއްގާނީ ޢަމަލުތައް ހިންގުުމުގެ ސަބަބުން ދުނިޔޭގެ ލޮލަށް މުސްލިމުން ފެންނަމުންދަނީ ބިރުވެރި ސޫރައެއްގައެވެ. އެހެނެއްކަމަކު ޙަޤީޤީ މުސްލިމުންނަނީ ދުނިޔޭގައި ތިބި އެންމެ އަމާން މީހުންނެވެ. އަދި އިސްލާދީނަކީ ސަލްމާއި ސިލުމްގެ ދީންނެވެ. އިސްލާމްގެ މާނައަކީވެސް ސަލާމަތްތެރިކަމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.