ޕީޕީއެމްގެ ކައުންސިލް މެމްބަރު، ރ. މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު އެ ކައުންސިލުން އިސްތިއުފާ ދެއްވައިފި އެވެ.
އަމީތު ވިދާޅުވީ އޭނާ ޕީޕީއެމްގެ ކައުންސިލް ކަމުން އިތްއުފާވެއްވީ ޕީޕީއެމްގެ އޭނާގެ ކައުންސިލް ކަމުގެ އެއްއަހަރުގެ ދައުރު ހަމަވެފައިވާތީ ކަމަށެވެ.
އަމީތު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ކައުންސިލަށް 10 މެމްބަރުން ހޮވާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތައް ކަމަށާއި އެ މުއްދަތު މިދިޔަ އޭޕްރީލް 30 އަށް ހަމަވެފައިވާކަމަށެވެ.
އަމީތު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެމަކެއްގައި އޮންނަ ގަވައިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށާއި އެހެން ކަމުން އެ އުސޫލުތަކަށް ތަބާވުމުގެ ގޮތުން އެގޮތަށް އަމަލުކުރީކަމަށެވެ.
އަމީތުގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވެސް ވަނީ މި ހަފުތާގައި ޕީޕީއެމްގެ ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ.
ހަލީލު މިހާރު ހުންނަވަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސެކްރެޓަރީ ޖެނެރަލް ގެ މަގާމުގައެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިއްބަވަނީ އަށް މެމްބަރެކެވެ.