އަންހެނުން ގޭތެރޭގައި ކުރާ މަސައްކަތްތައް ބަލައެއް ނުގަނޭ: މިނިސްޓަރ

އަންހެނުން ގޭތެރޭގައި ކުރާ މަސައްކަތްތައް ބަލައެއް ނުގަންނަކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނިއު ދިއްލީގައި އޮގަސްޓު މަހުގެ 31ން ސެޕްޓެންބަރުގެ 3ގެ ނިޔަލަށް ކުރިއަށް ދާ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10ވަނަ ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރަޙައްދުގެ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އުޖޫރަ ނުލިބޭ ގޮތަށް ގޭތެރޭގައި ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ޝިދާތާ ވިދާޅުވ ކުދިން ބެލުމާއި ކެއްކުމާއި ފޮޅާ ސާފުކުރުމާއި ދޮވެ އިސްތިރިކުރުން، ބާޒާރުކުރުން އަދި އަންހެނުން ގޭތެރޭގައި ކުރާ އެކި ބާވަތުގެ މަސައްކަތްތަކަކީ އުޖޫރައެއް ލިބުމެއް ނެތި ކުރާ މަސައްކަތްތައް ކަމަށެވެ.

ހަމަ އެހެންމެ އެއީ މަސައްކަތެއްގެ ގޮތުގައި ބެލެވިފައިނުވާ ކަންކަން ކަމަށާއި އެހެން ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މި މަސައްކަތްތައް ނުހިނގާ ނަމަ، މުޖުތަމަޢުގެ ހިނގުން ހުއްޓި، އިޤުތިޞާދުގެ ފުނޑުފުނޑުވެގެން ދިޔުން ކަމުގައި މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި މި ފަހުން ރާއްޖޭގައި ކުރެވުނު ސަރވޭއެއްގައި އުޖޫރަ ލިބިގެންނާއި އުޖޫރަ ނުލިބި ކުރާ މަސައްކަތްތައް އެއްކޮށްލުމުން، ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތުގައި މަސްއޫލުވެގެން އުޅޭ މިންވަރު އިތުރުކަން ފާހަގަކުރެއްވިއެވެ. އަދި ޕެޓަރނިޓީ ލީވްއަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އޮތް މިންތީގެ ތަފާތު ކުޑަކުރުމަށާއި ވަޒީފާއާއި ޢާއިލާއަށް ވަގުތު ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ތަޢާރަފުކުރެވުނު އެ ފަދަ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތުކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް، އަދި އަންހެނުންގެ ބައިވެރިވުން އިޤުތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އެ ކަމަނާ ދެއްވިއެވެ.

އޮގަސްޓު މަހުގެ 30ން ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ ޝިދާތާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީގައި ކުރިއަށް ދާ ސްވޯންގެ 10ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ސެޕްޓެމްބަރު މަހުގެ 6ން 7ށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޮތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުގެ މައްޗަށް އެކުލެވިގެންވާ އަންހެނުންގެ ވަފުދެއް ތަމްސީލުކުރައްވާ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކަށް ވެސް ހުންނަވާނީ އެ ކަމަނާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.