ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދައިފި

ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް، ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި މި ކުންފުނި އުފެއްދެވުމަށް ރައީސް ނެރުއްވި ޤަރާރުގައި ވަނީ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، އެ ތަންތަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަކަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”އެހެންވެ، އެކަމަށް ޚާއްޞަ ކުންފުންޏެއް އޮތުން މުހިންމު ކަމަކަށްވާތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ“ ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.

50 މިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކު އުފެއްދެވި މި ކުންފުނިން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެއްރަށާއި އަނެއް ރަށް ގުޅުވާލުމަށް ހަދާ ބްރިޖްތައް ތަރައްޤީކޮށް، އެ ތަންތަން ބެލެހެއްޓުންވެސް ހިމެނޭ ކަމަށް ޤަރާރުގައިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.