ބޯކޮށް ވާރޭވެހި ލ. އަތޮޅުގެ ގިނަ ރަށްތަކެއް ފެނު އަޑީގައި، ބޮޑެތި ގެއްލުންތަކެއް ވެސް ވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ލ. އަތޮޅުގެ ބައެއް ރަށްރަަށަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން  ބޮޑެތި ގެއްލުންތައްވެ، އާންމު ހާލަތު ބަދަލުވެއްޖެ އެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެކުނުގެ ރަށްރަށަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް ޑިޒާސްޓާ މޭނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އެގްޒެކެޓިވް ހިސާން ހުސެއިން ވިދާޅުވީ ބޯކޮށް ވާރެ ވެހުމުގެ ސަބަބުން ލ. އަތޮޅުގެ ހަ ރަށެއްގެ ގޭގެއަށް ފެން ވަދެފައިވާ ކަމަށެވެ. ފެން ވަދެފައިވަނީ ލ. ކުނަހަންދޫ އާއި ގަމާއި ފޮނަދޫ އާއި މާމެންދޫ އާއި މާވަށާއި އެ އަތޮޅުގެ ހިތަދޫގެ ގޭގެއަށެވެ.

ވާރޭގެ ވެހި ފެން ބޮޑުވުމުގެ ސަބަބުން ކުނަހަންދޫ 10 ގެއެއްގައި ފެން ބޮނޑުވިއިރު، މާމެންދޫން ފަސް ގެއެއަކަށް ވަނީ ފެންގަނޑު ވަދެފަ އެވެ. އަދި މާމެންދޫގެ އިންޖހީނުގެއަށް ފެން ވަނުމުގެ ސަބަބުން އެރަށުގެ ކަރަންޓުވެސް ކަނޑައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ފޮނަދޫގެ ދެބައިކުޅަ އެއްބައި ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މާވަށު ތިން ގެއަކަށް ވެސް ވަނީ ފެންގަނޑު ވަދެފައެވެ.

މި ނިއުސް ކޮންފަރެންސް ގައި ވާހަކަ ފުޅުދައްކަވަމުން ހިސާން ހުސެއިން ވިދާޅުވީ ލ. ކުނަހަންދޫގެ 90 ޕަސަންޓް ގެއަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށާއި އެގޮތުން އެރަށު ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. ހިސާން ވިދާޅުވީ  ލ. މާމެންދޫގައި މިހާރުވެސް ކޯރު ކަނޑައިގެން ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލ. ފޮނަދޫގެ ހާލަތު ސާފުކޮށްލުމަށް ރޮނަދޫގެ ކައުންސިލް ރައީސް އަޙުމަދު ރިޔާޟު އާއި ފޯނުން ގުޅާލުމުން ރިޔާޟް ވިދާޅުވީ، ފޮނަދޫގެ ހާލަތު މިވަގުތު ވަރަށް ދައްކަމަށެވެ. އެގޮތުން ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 90 ޕަސެންޓް ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.  ބައެއް ގޭގޭގެ ފަރުނީޗަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޔާޟު ވިދާޅުވިއެވެ.

 

އިތުރަށް ވާހަކަ ދައްކަވަމުން ރިޔާޟު ވިދާޅުވީ މިހާރުވެސް ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލިބަސްތާތަށް ޖެހުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި ފެން ހިންދުމަށް ބައެއް ހިސާބުތަކުން ކޯރުތައްވެސް ކަނޑާފައިވާ ކަމަށެވެ.

 

“ ފޮނަދޫގެ ހާލަތު ވަރަށް ދަށް. ގާތް ގަނޑަކަށް 90 ގެއަށް ވަނީ ފެނުގެއަސަރުކޮށްފައި، ބައެއް ގޭގޭގެ ފަރުނީޗަރުތައްވެސް ހަލާކުވެފައި އެބަހުރި، މިހާރު މިކުރަމުން ގެންދަނީ ގޭގެއަށް ފެން ނުވަންނަގޮތަށް ވެލިބަސްތާތަށް ޖެހުމުގެ މަސައްކަތް.“ އެޓޯލް ނިއުސްއަށް މައުލޫމާތު ދެމުން ރިޔާޟް ކިޔައިދިނެވެ.

 

މީގެ އިތުރުން ރިޔާޟު ވިދާޅުވީ ބައެއް ގޭގޭގެ ޖަންގްޝަން ތަކުން ނަޖިސް ބޭރުވެ މުޅި ހިސާބު ގަނޑުގައި ނަޖިހުގެ ވަސް ހިފާފައިވާ ކަމަށާއި އެގޮތުން ނަޖިސް ފެނާއި އެކުވެގެން ރަށުތެރެއަށް ފެތުރި،  ބަލި މަޑުކަމެއް ވެސް ފެތުރިދާނެ ކަމުގެ ބިރު ބޮޑުކަމަށެވެ.

 

މިހާރު ރާއްޖެއަށް ކުރަމުންމިދާ މޫސުމީ ވިއްސާރައާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކޮށްލުމަށް އެޓޯލް ނިއުސްގެ ފަރާތުން މޫސުމާއި ބެހޭ ގައުމީ އިދާރާއަށް ގުޅާލުމުން ބުނީ ކުރިޔައް އޮތްތަނުގައިވެސް ވިއްސާރައިގެ އަސަރު ލ އަތޮޅަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

މެޓް އޮފީހުން މައުލޫމާތު ދިންގޮތުގައި މިއަދު 100 އަށްވުރެ ގިނަ މިލިމީޓަރ ވާރޭ ފޮނަދޫއަށް ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާކަމަށާއި އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ލ. ކައްދޫއަށް ކަމަށެވެ. މިގޮތުން ކައްދޫއަށް 141 މިލިމީޓަރ ގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދިނެވެ.

 

އެ އިދާރާއިން މިހާރުވެސް ވަނީ 45  މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން މިރޭ ފަތިހު 04:15 އާއި ހަމައަށް މި އެލާޓުގެ ވަގުތު ދެމިގެން ދާނެއެވެ.

 

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާ ކަމަށެވެ. އުތުރުގެ އެކިހިސާބަށް ވެސް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެވެއެވެ.

 

މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައާއި ބައެއް ރަށްރަށުގެ އާންމު ހާލަތު ބަދަލުވެފައިވާތީ ފުލުހުންނާއި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.