
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުން މާދަމާއިން ފެށިގެން ރަމަޟާން 29ގެ ނިޔަލަށް..
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުން މާދަމާއިން ފެށިގެން ރަމަޟާން 29ގެ ނިޔަލަށް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އަހަރެއްގެ ތެރޭގައި ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށެވެ. އަދި ޒަކާތް ބަލައިގަންނާނީ ޢަރަބިއްޔާ ސްކޫލްގެ ހޯލުގައި ކަމަށެވެ.
ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 9:30 ފެށިގެން 12:00 އަދި މެންދުރު 13:00 ފެށިގެން 14:30 އަށާއި ރޭގަނޑު 20:30 ފެށިގެން 22:30އަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް ބަހަން ފަށާނީ ރަމަޟާންމަހުގެ ފަހު ދުވަހު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.



