ލައިލަތުލްޤަދުރި ވިލޭރޭގެ ބަރަކާތް ހާސިލު ކުރުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ

ލައިލަތުލްޤަދުރި ވިލޭރޭގެ ބަރަކާތް ހާސިލު ކުރުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

”ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަން“ މި މަޢުލޫއަށް ތައްޔާރުކޮށްފައިވާ ޚުޠުބާގައި އިތުރަށް ބުނީ ﷲ ތަޢާލާ އެރޭގެ އަޅުކަން 1000 މައްސަރަށްވުރެ މާތް ކުރެއްވި ކަމަށެވެ. އަދި އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު ކޮންމެ ދުވަހަކު ހުރިހާ ވަގުތެއް އަޅުކަމުގައި ހޭދަ ކުރެވޭނެތޯ؟ އަޅުގަނޑުމެން 83 އަހަރު ދުނިޔޭގައި އުޅުނު ކަމުގައިވިޔަސް، އެ މުއްދަތުގެ މަދު އިންސައްތައެއް މެނުވީ، އަޅުގަނޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެ، އެހެންކަމުން އެރެއަކީ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަޅުގަނޑުމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެއް“ ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ފަހު ދިހައިގައި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށާއި ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާ ކުރުމަށްފަހު، ރަވާތިބު ސުންނަތްތައްވެސް އަދާ ކުރެވޭތޯ ބެލުމަށް ވަނީ ނަޞޭހަތްތެރިވެފައެވެ.

ހަމަމިއާއެކު ޟުހާ ނަމާދާއި ތަރާވީހު ނަމާދާއި ދަމު ނަމާދާއި ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށާއި ޤުރްއާން ކިއެވުން ގިނަ ކުރުމާއި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނައި އޭގެ މާނައާމެދު ފިކުރު ހިންގޭތޯ ބެލުމަށާއި ހުރިހާ ވަގުތެއްގައި ޛިކުރު ކުރުމާއި ފަޤީރުންނާއި މިސްކީނުންނަށް ޞަދަގާތް ކުރުމަށް ސަމާލުވުމަށްވެސް ވަނީ ނަޞޭހަތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.