
އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި
އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަޤާމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބޭފުޅަކު ހަމަޖައްސައިފިއެވެ.
ރައީސް ސާލިހް އެ މަޤާމަށް ހަމަޖެއްސެވީ މ. އެރިޒޯނާ، މަރިޔަމް ނާޒިމާއެވެ. އަދި ނާޒިމާ އެ މަޤާމަށް ހަމަޖެއްސީ މިއަދުއެވެ.
އިންޑިއާގެ ނިއު ދިއްލީން ހިއުމަން ރިސޯސް ޕްލޭނިންގ އެންޑް ޑިވެލޮޕްމެންޓުން މާސްޓަރސް ހާސިލްކުރައްވާފައިވާ ނާޒިމާ ވަނީ އެމްޕްލޮއިމެންޓް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމާއި ހިއުމަން ރިސޯސް މިނިސްޓްރީގެ ޔޫތު އެންޑް ސްޕޯޓްސް އެސިސްޓެންޓް ޑައިރެކްޓަރު ޖެނަރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މީގެ އިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އެމްޕްލޯއިމެންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް 18،000 ރުފިޔާގެ މުސާރައާއި 12،500 ރުފިޔާގެ އެލަވަންސާއެކު މަހަކު 30،500 ރުފިޔާ ލިބެއެވެ.



