ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިން ގޮތާއިމެދު އެއްވެސް ޝަކުވާއެއް ހުށަނާޅާ: މިނިސްޓްރީ

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިން ގޮތާއިމެދު އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރ ޝާފިޢު ޢަލީ ވިދާޅުވީ އެކަމުގައި އަމަލުކުރީ ހާމަކަން ބޮޑުކޮށް ކަމަށެވެ. އަދި ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން 5 ކުންފުންޏާ އެކު އެ މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޝާފިޢު އިތުރަށް ވިދާޅުވީ އެކަން ކުރީ ނަޒާހަތްތެރިކަމާ އެކު ކަމަށާއި އެކަމުގައި އެއްވެސް ކަމެއް ސިއްރު ކުރުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ގޮތާ މެދު ކުންފުންޏަކުން ކޯޓަށް މައްސަލަ ހުށަހެޅިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ، އޭގެ ފުރިހަމަ މަޢުލޫމާތު އެ މިނިސްޓްރީން ހޯދުމަށް ފަހު މައްސަލަ ހުށަހެޅުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.

“ ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ޕޮއިންޓް ދޭނެ އުސޫލުތައް ކުރިންވެސް އިއުލާން ކޮށްފައިވާނެ. އެކަމުގަ އަމަލުކުރީ އެ އުސޫލުން “ ޝާފިޢު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާ އިރު، އެކަމުގައި ޢަމަލުކުރީ ގޯސްކޮށް ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ އެ މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.