
ރަމަޟާން މަހަކީ ޤައުމީ މަސްލަހަތު ކުރިއަށް ނެރެ މަސައްކަތްކުރަންވީ މައްސަރު: ޚުޠުބާ
ރަމަޟާން މަހަކީ ޤައުމީ މަސްލަހަތު ކުރިއަށް ނެރެ މަސައްކަތްކުރަންވީ މައްސަރުކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ މިއީ ކިލަނބުވެފައިވާ ހިތްތައް އެކުވެރިކުރަންވީ މައްސަރު ކަމަށެވެ. އަދި ޤައުމީ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާންވީ މައްސަރު ކަމަށެވެ.
ރަމަޟާން މަހަކީ އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ އުޅެންވީ މައްސަރު ކަމަށާއި ރޫޅިފައިވާ ސަފުތައް އެއްވާންވީ މައްސަރުކަަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކާބޯތަކެތީގެ އަގުތައް އެހެން މައްސަރުތަކަށް ވުރެ ހެޔޮކުރަންވީ މައްސަރު ކަމަށްވެސް ވަނީ ބުނެފައެވެ.



