ހިއާ ޖަމްޢިއްޔާއިން ނ. ހެނބަދޫގެ ކޮންމެ ގެއަކަށް ހަނޑުލާއި އަލަނާސި

ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (ހިއާ)ގެ ފަރާތުން ރަމަޟާން މަހު ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް
1440 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރަމަޟާން މަސް އިޙްޔާ ކުރުމުގެ ގޮތުން ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (ހިއާ)ގެ ފަރާތުން ތަފާތު ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން، ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން، ރޯދައާ ބެހޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ހެނބަދޫ ރައްޔިތުންނާއި ސުކޫލު ދަރިވަރުންނަށް އަމާޒުކޮށް “ރަމަޟާން މަސް ބައްދަލުކުރާ ހިނދު” މި ނަމުގައި ހާއްސަ ސެޝަނެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި ސެޝަން ކުރިއަށް ގެންދެވީ އައްޝެއިޚް ސާޖިދު މުޙައްމަދެއެވެ.
hia02
މީގެއިތުރުން ހެނބަދޫގެ ކޮންމެ ގެއަކަށް 5 ކިލޯ ހަނޑުލާއި އަލަނާސި ދަޅު ހަދިޔާ ކުރުމުގެ މަސައްކަތް ވަނީ މި ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންގޮސްފައެވެ.
hia03
ރަމަޟާންމަހުގެ ތެރޭގައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކަށް ބަލާއިރު، ރަމަޟާންމަހުގެ ކޮންމެ ބުދަ ދުވަހެއްގެ އަޞުރު ނަމާދަށްފަހު “އިސްލާމީ އުންމަތުގެ ރަން ޒަމާން” މި ނަމުގައި އައްޝައިޚް ސާޖިދު މުޙައްމަދު ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ އިތުރުން، ރަމަޟާން މަހުގެ ކޮނެމެ ދިހަދުވަހަކުން، ހެނބަދޫ ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ މަޝްހޫރު ޝެއިޚެއްގެ ފަރާތުން ދެވޭ ހާއްސަ ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހިއާ ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން، ޖޯޝް ޖަމިއްޔާ އަދި ހެނބަދޫ ކައުންސިލް އިދާރާއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއްގެ ގޮތުގައެވެ. މިފަދަ އެންމެހާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ރަށުގެ ރައްޔިތުންނާއި އެކިއެކި މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ލިބޭކަން އުފަލާއެކު ފާހަގަ ކުރަމެވެ.

އިޝްތިހާރު Navee1 jpg

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 11 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. Ma sha Allah,, varah ufaaveri manzareh..
    Jamiyya thah ginaviyas, hurihaa jamiyya eh , ebbaivegen masakkai kurumaky varah muhimmu kamey

    Thikamugai , ulhey emmenah, gina ginain thikahala kankamugai ulhey hiyjassava, saabith kan dhevvaashi,
    Aamen

  2. ވަރަށް މީހުން ހެޔޮ ރަށެއް ކަމަށް ނޫހެއްގަ އޮތް މިރަށް ވަރަށް ރަނގަޅު ކަމެއްތީ

  3. ތީ ނ.ހެނބަދޫގައި ކޮން އިރަކު އުފެދުނު ޖަމިއްޔާ އެއްތޯ އެ ރަށުގައި އޮންނާނީ އެންމެ ޖަމިއްޔާއެއް

      1. ތީ އެރަށު ކުއްޖެއްތަ ތިރަސުގަ މީހުން ކޮން ުޅެނީ ކޮންކޮން މަސައްތކަތެއް ކުޑަކޮށް ހިއްސާކޮށްލަބަލަ ވަރަށް އަޑު ނީވޭ ރަށެއްތީ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.