
ނޭމާ ބާސެލޯނާގެ އެއްބަސްވުން އާކުރަން ނިންމައިފި.
ބްރެޒިލްއާއި ބާސެލޯނާގެ ތަރި ނޭމާ އޭނާގެ މިހާރުގެ ކުލަބު ބާސެލޯނެ އެއްބަސްވުން އަންނަ ހުކުރުދުވަހު އާކުރާނެކަމަށް އެކުލަބުން ބުނެފިއެވެ.
ބާސެލޯނާއިން ނޭމާ އެކުލޮަބުގެ އެއްބަސްވުން އާކުރާނެ ކަން ހާމަކޮށްފައިވަނީ އެކުލަބުންެ ޓްވިޓާ އެކަުންޓުންކުރި ޓްވިޓެއްގައެވެ.
ބާސެޅޮނާއިން ހޯމަ މދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭމާ އެކުލަބުގެ އެއްބަސްވުން އަންނަ ހުކުރުދުވަހު އާކުރާނެ ކަމަށާއި، ނޭމާ ބާސެލޯގެ އެއްބަސްވުމުގައި ސޮއިކުރަނީ 5 އަހަރުދުވަހުގެ އެއްބަސްވުމެއްގައިކަމަށެވެ.
އެކުލަބުން ހާމަކުރި މި ބަޔާނުގައި ވަނީ ނޭމާ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސެލޯނާއާ އެކު ސޮއިކުރާއިރު އޭނާ 2021 ވަނަ އަހަރާހަމައަށް ބާސެލޯނާގައި ދެމިހުންނާނެއެވެ.
ނޭމާ ބާސެލޯނާގެ އާ އެއްބަސްވުމުގައި ސޮކުރާނެކަމަށް ބާސެލޯނާއިން ހާމަކޮށްފައިވަނީ ނޭމާ 220 މިލިއަން ޕައުންޑަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވަނިކޮށެވެ.

ނޭމާ އަކީ ބާސެލޯނާގެ ފޯވާޑް ލައިންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރފިއެކެވެ. ނޭމާ މިފަހަރުގެ ސީޒަނުގައި މިހާތަނަށް 8 މެޗެއް ކުޅެފައިވާއިރު އޭނާ ވަނީ 5 ގޯލްވެސް ބާސާއަށް ކާމިޔާބުކޮށްދީފައެވެ.



