ހާރުކެއުމާއި އަދި ހާރުކެއުން ލަސްކުރުން

ހާރުކެއުމަކީ ރޯދައިގެ އެންމެ މަތިވެރިވެގެންވާ އެއްސުންނަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (تَسَحَّرُوافَإِنَّفِيالسَّحُورِبَرَكَةً) متفقعليه (رواه البخاري ومسلم)

މާނައީ: ”ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރަށްކާ ކެއުމުގައި ބަރަކާތްވެއެވެ“
001

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ހާރުކެއުން ލަސްކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާ ކަމެކެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހާރުފަރިއްކުޅުވަނީ ފަތިސްވުމުގެ އިރުކޮޅެއްކުރީންނެވެ.

عَنْ أَنَسِ بْنِ مَالِكٍ أَنَّ زَيْدَ بْنَ ثَابِتٍ حَدَّثَهُ أنَّهُمْ تَسَحَّرُوامَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَامُوا إِلَى الصَّلَاةِ قُلْتُ كَمْ بَيْنَهُمَا قَالَ قَدْرُخَمْسِينَ أَوْسِتِّينَ يَعْنِ يآيَةً. رواه البخاري: 550.

އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ޒައިދު ބިން ޘާބިތް ރަޟިޔަﷲ ޢަންހު އެކަލޭގެފާނަށް ބަޔާންކޮށްދެވިކަމަށް ރިވާކުރައްވައެވެ. އެބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ހާރުފަރިއްކުޅުވިއެވެ. އެޔަށްފަހު އެބޭކަލުން ފަތިސްނަމާދު ކުރުމަށް ތެދުވެވަޑައިގަތެވެ. ދެންނެވީމެވެ. އެދެމެދުގައި ކިހާއިރެއްވާނެ ހެއްޔެވެ؟ (ޒައިދު ބިން ޘާބިތް ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ”ފަންސާސް ނުވަތަ ފަސްދޮޅަސް އާޔަތުގެ މިންވަރެވެ.“

އެބަހީ ކިޔަވާހާ މިންވަރެވެ. އެއީ ގާތްގަނޑަކަށް ދިހަމިނިޓްވަރެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.