
އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ ޑިޖިޓަލް އޮފަރތަކެއް..
ބަރަކާތްތެރި ރަމަޟާންމަހުގައި އެކަކު އަނެކަކާއި ގުޅުން ބަދަހި ކޮށްދޭ، އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ޚާއްޞަ ޑިޖިޓަލްއޮފަރތަކެއް އެކުންފުނިން ހަދިޔާކޮށްފިއެވެ.
އުރީދޫ އިން ބުނީ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނާއި ހަމައަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެތެރޭގައި ރަމަޟާން ޑޭޓާ ކޮމްބޯ ހިމެނޭ ކަމަށެވެ.
މި ޚާއްޞަޕެކް މެދުވެރިކޮށް އެންމެ 25 ރުފިޔާއަށް އުރީދޫގެ 4ޖީ+ ނެޓްވަރކުގައި ބޭނުންކޮށްލަން 1ޖީބީ ޑޭޓާ އަދި ގާތްތިމާގެ މީހުންނަށް ގުޅާލަން 100 މިނިޓު ލިބޭނެ ކަމަށެވެ.
މި ޕެކޭޖު *929*1*1# ޖަހައިގެން ކޮންމެ ދުވަހަކު ފަތިހު 5.00 އިން ހަވީރު 5.00 އަށް އެކްޓިވޭޓްކޮށް ބޭނުންކޮށްކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.
މީގެ އިތުރުން އެމް-ފައިސާ ކޭޝްބެކް އޮފަރގައި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކުވެސް، އެމް-ފައިސާއިން ކުރައްވާ ކޮންމެ ރާސްޓަސްއެއްގެ 10 އިންސައްތަ އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެ ކަމަށާއި އެމް-ފައިސާ ވޮލެޓުގައިވާ ލާރި ނެންގެވުމުގެ އިތުރުން ވިޔަފާރިތަކަށް ލާރިދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފަރވެސް ކުރެވޭނެކަމަށް ބުންޏެވެ.
އުރީދޫ އެމް-ފައިސާ އެޕް ޑައުންލޯޑުކޮށް، އޮންލައިކޮށް ރަޖިސްޓަރ ކޮށްލުމަށް، http://ore.do/mm އަށް ޒިޔާރަތްކުރެއްވުމަސް އުރީދޫ އިން އެދިލައްވައެވެ.
ރަމަޟާން މަހުގެ ޑިޖިޓަލް ޚާއްޞަ އޮފަރގެ ތެރޭގައި ދެން ހިމެނެނީ ސައުދީ އައިޑީޑީ އޮފަރއެވެ. މި ރަމަޟާން މަހު ސައުދީއަށް ގުޅާލުން ފަސޭހަކޮށްދޭ ސައުދީޕްލޭން 150މެދުވެރިކޮށް ސައުދީގައިވާ ޢާއިލާއާއި ރައްޓެހިންނަށް ގުޅާލުމަށް 75 ހިލޭ މިނިޓު ލިބޭނެއެވެ.
*929*3*2# ޖައްސަވައިގެން މި ޕެކޭޖު އެކްޓިވޭޓް ކުރެވޭ އިރު، މި ޕެކް ޚިޔާރުކުރައްވާ ކޮންމެ ބޭފުޅަކަށްވެސް 2ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ.
މި ރޯދަ މަސްތެރޭގައި އުރީދޫގެ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް އެކްޓިވޭޓް ކުރެއްވުމަށް ފަހު 6 މަސް ދުވަހުގެ މުއްދަތަށް 30 އިންސައްތަ ބޯނަސް ހޯދުމަށް ސުޕަރނެޓް ޚިޔާރުކުރެއްވުމަށް، އެންމެ ކައިރީ އުރީދޫ ފިހާރައަކަށް ޒިޔާރަތް ކުރެއްވުމަށް އެކުންފުނިން އެދޭ އިރު، ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކާއެކު، ސެމްސަންގގެ އައު ފޯނުތައް ކަމަށްވާ އެމް20 އަދި އޭ50، އުރީދޫ އެކްސްޕީރިއަންސް ފިހާރަތަކުން ލިބެންހުންނާނެ ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
ވައިބަރ މެދުވެރިކޮށް ނަމާދު ވަގުތު އަންގައިދޭ، ”ބަންގި ޗެނަލް“އެއް އުރީދޫ އާއި ވައިބަރ ގުޅިގެން ތަޢާރަފްކޮށްފައިވާ ކަމަށާއި ނަމާދު ވަގުތުގެ ހަނދުމަކޮށްދިނުމުގެ އިތުރުން ބަނގި ޗެނަލް މެދުވެރިކޮށް، ޤިބްލަ ހޯދައި، ޒަކާތް ހިސާބުކޮށް، ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުޙިއްމު އަދި ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ބަންގި ޗެނަލްގެ ޚިދުމަތް ހޯއްދެވުމަށް،http://ore.do/prayer އަށް ޒިޔާރަތް ކުރައްވަން ޖެހޭ އިރު، މި ރަމަޟާން މަހު ކޮންމެ ތަނެއްގައި ތިބެގެން އަދި ކޮންމެ ވަގުތަކުވެސް http://ore.do/siyarath މެދުވެރިކޮށް ސިޔަރަތް އަޑުއެހޭނެއެވެ.
ދިވެހިންގެ ތެރޭގައި އުރީދޫ މަސްރޭހަކީ ރޯދަމަހުގެ ވަރަށް ޚާއްޞަ ހަރަކާތަަކަށްވާ އިރު، މިއަހަރު ސްމާޓްފޯނު މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާއި ވާދަކޮށް، މަސްރޭހުގެ ފޯރީގައި ބައިވެރިވެވޭނެއެވެ.
ހަމައެހެންމެ، މުޅި ޤައުމަށް ހުޅުވާލެވިފައިވާ މި މަސްރޭސް މޮބައިލް ގޭމުގެ އެންމެ މޮޅު ކެޔޮޅަކަށް، ކޮންމެ ހަފްތާއަކުވެސް ވަރަށް ފުރިހަމަ އިނާމުތަކެއް ލިބިގެންދާނެއެވެ.
މަސްރޭސް މޮބައިލް ޑައުންލޯޑް ކުރެއްވޭނީ ،http://ore.do/Masrace އިންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް މެދުވެރިކޮށް މައްކާއިން ތަރާވީސް ލައިވްކޮށް ބައްލަވާލެއްވުމަށް http://ore.do/app އަށް ޒިޔާރަތް ކުރެއްވުމަށް އުރީދޫ އިން އެދެއެވެ.
މީގެ އިތުރުން މިހާރު އާއިލާ އަދި ރައްޓެހިންނަށް ރޯދަވީއްލުމެއްވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެއެވެ. އުރީދޫ ބިލަށް ނުވަތަ ކްރެޑިޓުން ޗާޖް ކުރެވޭގޮތަށް ރޯދަވީއްލުމެއް ހަދިޔާ ކޮށްލެވޭ ޓެކްސް އަ ކޮފީގެ ޚިދުމަތް، ރާއްޖޭގެ ކޮންމެ ތަނަކުންވެސް އުރީދޫ ކަސްޓަމަރުންނަށް ބޭނުންކޮށްލެވޭނެއެވެ.
ޓެކްސްޓް އަ ކޮފީގެ، ރޯދަ އަށް ޚާއްޞަ މި ޚިދުމަތް ހޯއްދެވުމަށް http://ore.do/txtcofy އަށް ޒިޔާރަތް ކުރައްވާށެވެ.
މީގެ އިތުރުން ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތަކަކީ:
- އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
- ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާއަދި މަދަހަ ހޯއްދެވުމަށް، “Buy<space>Tune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
- ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ.
ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ. ހަމައެހެންމެ، އެމް-ފައިސާ މެދުވެރިކޮށްވެސް، ކޮންމެ ބޭފުޅަކަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އުރީދޫއިން ރަމަޟާންމަހަށް ޚާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
ރަމަޟާން މަހުގެ ޚާއްޞަ އޮފަރތައް އިއުލާނުކުރަން އުރީދޫ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނިންވަނީ ކޮންމެ ރަމަޟާން މަހަކުވެސް ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯ ޙިއްސާކޮށްފައެވެ.
މިއަހަރުގެ ވީޑިއޯ އިން ގެނެސްދީފައިވަނީ މި ބަރަކާތްތެރި މަހުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، ގާތްތިމާގެ ގުޅުންތައް އަލުން އާލާކުރުމުގެ މުހިއްމުކަމެވެ.



