މިހާރު ކުރިޔައްދާ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން ވިކްޓްރީ މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ރަސްމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޔުނައިޓެޑު ވިކްޓްރީގެ މައްޗަސް ވިކްޓްރީން ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފެށިގެން ވިކްޓަރީގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު އަހުމަދު އަބްދުއްރަހްމާން އަށް ލިބުނު ފުރުސަތު ޔުނައިޓެޑު ވިކްޓަރީގެ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފުނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއްނުޖެހި އެއްވަރުވެ އޮވެގެންނެވެ.
މިމެޗުން ވިކްޓަރީ މޮޅުވި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހުހާފުގެ 89 ވަނަ މިނެޓުގައެވެ. ވިކްޓަރީއަށް 3 ޕޮއިންޓް ކަށަވަރު ކޮށްދިން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެން ޝިބާއުނަގައިދިން ހުރަހަކުން އަހްމަދު ރިޒްވާން އިސްމާއިލް އެވެ.
މި ކާމިޔާބީއާ އެކު ވިކްޓަރީއަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު ވަރަށް ބޮޑަށް އާވެފައެވެ.
މި ތިން ޕޮއިންޓާއެކު ވިކްޓަރީން ވަނީ އެއް މެޗު ގިނައިން ކުޅެގެން ލީގުގެ 6 ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ދެ ޓީމަށް ވެސް ވަނީ 19 ޕޮއިންޓް ލިބިފައެވެ.