ޗިލްޑްރަންސް ޑޭ ކޭމްޕްގެ ނަމުގައި ހަރަކާތެއް އިންތިޒާމުކޮށްފި

ޗިލްޑްރަންސް ޑޭ ކޭމްޕް 2019ގެ ނަމުގައި ޚާއްޞަ ހަރަކާތެއް މިއަދު އިންތިޒާމުކޮށްފިއެވެ.

މިއީ މި އަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އިްނތިޒާމުކުރި ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތް އިންތިޒާމުކުރީ ތިންކް މޯލްޑިވްސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއާ ގުޅިގެން ހުޅުމާލޭ ފަރުކޮޅުފުށީގައެވެ.

މި ފަދަ ކޭމްޕެއް އިންތިޒާމުކުރުމުގެ މަޤްޞަދަކީ ކުޑަކުދިން ބާރުވެރިކުރުވާ އެކި ދާއިރާތަކުން އެ ކުދިންނަށް ބޭނުންވާނެ އާ ހުނަރުތައް އަށަގެންނެވުމެވެ. އަދި ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ދަސްކޮށްދީ، މުސްތަޤުބަލުގައި ކުދިން ކުރިއަށް ދާން ޚިޔާރުކުރާ ދާއިރާތައް ކަނޑައެޅުމަށް އެހީތެރިކަން ދިނުމެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މި ކޭމްޕުގައި އެކި އުމުރުފުރާގެ އެކި ސްކޫލްތަކުގެ ކުދިން ބައިވެރިވުމަކީ މި ކޭމްޕަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

”މި ކޭމްޕުން އުނގެނިގެން ދިޔަ ދިރިއުޅުމުގެ ހުނަރުތަކާއި ގުޅިގެން މަސައްކަތްކުރުމާއި ލީޑަރޝިޕް ސްކިލްސްގެ އިތުރުން މުއާޞަލާތުކުރުމުގެ ހުނަރު ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުން ހިފާނެ ކަމަށް އުންމީދުކުރަން“ މިނިސްޓަރ ވިދާޅުވިއެވެ.

މި ކޭމްޕުގައި މާލެއާއި ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 4، 5 އަދި 6ގައި ކިޔަވާ 49 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

މިއަދު ހެނދުނު 6ން ހަވީރު 6ށް ކުރިއަށް ދިޔަ މި ކޭމްޕުގައި މި އަހަރުގެ ޝިޢާރާ ގުޅޭ ގޮތުން ކުދިންނަށް ޚާއްޞަކުރެވިގެން އިންޑޯ އަދި އައުޓްޑޯ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ.

Gender 2

އެ ގޮތުން ކުޑަކުދިންގެ ޞިއްޙަތާއި ރަނގަޅު ކާނާ ތައްޔާރުކުރާނެ ގޮތާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި އިންސާނީ ޙައްޤުތަކާއި ޓްރެފިކްގެ ގަވާއިދުތަކާ ގުޅޭ ގޮތުން މުހިންމު މަޢުލޫމާތުތަކެއް ސެޝަންތަކުގައި ފޯރުކޮށްދެވިފައިވެއެވެ.

މި ސެޝަންތަކުގެ ފެސިލިޓޭޓަރުންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ޔުނިސެފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އަދި އޮއިޝީ ރެސްޓޯރެންޓް ބައިވެރިވެފައިވެއެވެ.

ޤައުމީ ކުޑަކުދިންގެ ދުވަހަކީ މޭ މަހުގެ 10ވަނަ ދުވަހެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ ”ކުޑަކުދިން ބާރުވެރިކުރުވުން“ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.