ބާޒާރުމަތީގެ ޓްރެފިކް ހަމައަކަށް އެޅުވުމަށް މިފަހަރުވެސް ފުލުހުންގެ ޚާއްޞަ ޓީމެއް…

ފައިބެއަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް މާލޭގެ ބާޒާރުމަތީގެ ޓްރެފިކް ހަމައަކަށް އެޅުވުމަށް މިފަހަރުވެސް ފުލުހުންގެ ޚާއްޞަ ޓީމެއް އޮންނާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ނޫށްވެރިންނަށް މަޢުލޫމާތުދެމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުޙައްމަދު ލުތުފީ ވިދާޅުވީ ރަމަޟާން މަހު ބާޒާރުމަތީގެ ޓްރެފިކް ހަމައަކަށް އެޅުވުމަށް ވަކި ގަޑިތަކެއްގައި އެ ސަރަހައްދު ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ފުލުހުންގެ ޚާއްޞަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ފުލުހުން ބަލަހައްޓާނީ އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް. ރޯދަ މަހު 12:30 އިން ފެށިގެން 18:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް އާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ“ އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މުދާ އެރުވުމަށާއި މުދާ ބޭލުމަށް ބޭނުންވާ އުޅަނދުތަކަށް އެ ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށާއި ބާޒާރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް އެ ސަރަހައްދުގައި އުޅެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ޚާއްޞަ ސަމާލުކަންދީގެން ބަލަހައްޓަން ނިންމާފައިވަނީ  މުހައްމަދު އިސްމާއިލް ދީދީ ގޯޅި،  މުހައްމަދު އިބްރާހިމް ދީދީ ގޯޅި،  ހުސްނީ ގޯޅި، ކެނދިގަސް ހިނގުން އަދި  އާ ބުރުޒު ހިނގުމުން ފެށިގެން ފާރުކެނޑި ހިނގުމާ ހަމައަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ ޚާއްޞަ ސަމާލުކަމެއް ދޭ މަގުތަކަކީ ކަސްޓަމްސް ފުރަގަހުގައި އޮންނަ ހަވީރީ ހިނގުމުން ފެށިގެން ބާޒާރުމައްޗަށް ނުކުމެވެން ހުންނަ ގޯޅިތަކަށާއި ބޮޑުތަކުރުފާނު މަގުން ހަވީރީ ހިނގުމާ ހަމައަށް ނުކުންނަން ހުންނަ ގޯޅިތައް ކަމަށެވެ.

ބާޒާރުގެ މަސްމާރުކޭޓާއި ވަޅޯ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހުންނަ ސަރަހައްދަކީ ކޮންމެ ރޯދަ މަހެއްގައި ވެސް ކާރޫބާރު ބޮޑު ސަރަހައްދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.