
ފުރަތަމަ ކްއާޓަރގައި ޗައިނާއަށް އެތެރެކުރި އަދި ބޭރުކުރި މުދަލުގެ އިންސައްތަ އިތުރުވެއްޖެ
ފުރަތަމަ ކްއާޓަރގައި ޗައިނާއަށް އެތެރެކުރި އަދި މުދަލުގެ މިންވަރު އިންސައްތަ އިތުރުވެފައިވާކަމަށް އެޤައުމުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް (ޖީއޭސީ) އިން ބުނެފިއެވެ.
ޖީއޭސީ އިން ނެރެފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި ފުރަތަމަ ކްއާޓަރގައި 7.01 ޓްރިލިއަން ޔުއާން (1.04 ޓްރިލިއަން ޔޫއެސް ޑޮލަރ)ގެ މުދާ އެޤައުމަށް އެތެރެކުރިއެވެ.
މީގެ އިތުރުން އެޤައުމުން ބޭރުކުރި މުދާ 6.7 އިންސައްތަ އިތުރުވެފައިވާ ކަމަށާއި އެއީ 3.77 ޓްރިލިއަން ޔުއާން ކަމަށްވެސް ޖީއޭސީގެ ތަފާސް ހިސާބުގައި ބުނެފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހާއި އަޅާބަލާ އިރު، 0.3 އިންސައްތަ އިތުރުވުމެއް ކަމަށާއި މިއީ 3.24 ޓްރިލިއަން ޔުއާން ކަމަށްވެސް ބުނެފައިވެއެވެ.
ޖީއޭސީގެ ތަރުޖަމާން ލީ ކުވެން ބުނީ ފުރަތަމަ ކްއާޓަރގައި މިފަދަ ކުރިއެރުމެއް ލިބުނީ ޔޫރަޕިއަން ޔޫނިއަން، އޭސިއާންގެ ޤައުމުތަކާއި ޖަޕާން ފަދަ ޤައުމުތަކާއެކު އެޤައުމުން ގެންގުޅޭ އެކުވެރިކަމުގެ ނަތީޖާގެ ސަބަބުން ކަމަށެވެ.



