ޚަބަރު ފީތާ

މަސްހޫރު ދީނީ ޢިލްމުވެރިޔާ، ޝައިޚް އިލިޔާސް ހުސެއިންގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލްކޮށްފި.

ފޮޓޯ:ފޭސްބުކް

ރާއްޖޭގެ މަސްހޫރު ދީނީ ޢިލްމުވެރިޔާ އަށްޝައިޚް އިލިޔާސް ޙުސެއިން ގެ ވައުޟު ވިދާޅުވުމުގެ ހުއްދަ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބާތިލް ކޮށްފިއެވެ.

އެ މިނިސްޓްރީން ޝައިޚް އިލްޔާސް ހުސައިންއަށް ދީފައިވާއިވާ މިހުއްދަ ބާތިލް ކުރީ ނުބަލައި ހުތުބާ ކިޔުމަކީ ފަހުން ހެދި ގަވާއިދުގެ ދަށުން ހުއްދަ ކަމެއް ނޫންކަމަށް ބުނެއެވެ.

%de%8e%de%8c

ޝައިޚް އިލްޔާސް ހުސައިންއަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ އިން ބާތިލް ކޮށްފައިވަނީ މިދިޔަ ހުކުރުދުވަހު އައްޑޫ ސިޓީގައި ދެއްވި ޚުތުބާ އަކާއި ގުޅިގެންނެވެ. އެދުވަހުގެ ހުކުރު ނަމާދުގައި އިލްޔާސް ދެއްވާފައިވަނީ ނުބަލާ ޝައިޚްގެ އަމިއްލަ ޚުތުބާއެކެވެ.

މިކަމާއި ގުޅިގެން ޝައިޚް އިލްޔާސްގެ ރަސްމީ ފޭސްބުކްގައި އިލިޔާސް ވިދާޅުވެފައިވަނީ ޚުތުބާ ދެއްވީ އެގޮތަށް ޚުތުބާ ދިނުމަށް ރާއްޖޭގެ ބައެއް އިލްމުވެރިންނަށް ދެއްވާފައި އޮންނަ އެއްވަނަ ދަރަޖައިގެ ހުތުބަ ކިއުމުގެ ހުއްދައިގެ ދަށުން ކަމަށާއި އަދި އެ ހުއްދަ އެގޮތައް ލިބިލައްވާފައިވާތީ ކަމަށެވެ.

il

އިލިޔާސް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ މިނިސްޓްރީން އޭނާގެ ހުއްދަ ބާތިލް ކޮށްފައިވާއިރު އެ އުސޫލު ބަދަލު ކުރިކަން އެއްވެސް ގޮތަކަށް މިނިސްޓްރީން އަންގަވާފައި ނުވާ ކަމަށެވެ.

14724481_1197620253644595_2148821511769244629_n

އޭނާ ވިދާޅުވީ އައްޑޫ މިސްކިތުގައި މިދިޔަ ހުކުރު ދުވަހު ދިން ޙުތުބާގައި ވެސް އަދި އެހެން ދަރުސް ތަކުގައިވެސް އަޅުގަނޑު ވާހަކަ ދައްކާފައިވާނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުގައި އެނގިހުރި މިންވަރަކުން ޢިލްމު ބޭނުންކޮށްގެން ކަމަށާއި އަދި މުކުތަމައު އިސްލާހު ކުރުމުގެ ނިޔަތުގައި ދީން އޮޅުންފިލުވައިދިނުމަށްކަމަށެވެ.

ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ އިސްލާމްދީން އުނގަންނައިދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ގޮތުން ވައުޟު ވިދާޅުވުމަކީ ޝައިޚްގެ މުޅި ހަޔާތުގައި ކުރައްވަމުން އައި ކަންތައް ކަމަށެވެ. އެހެން ކަމުން  އެކަން ހުއްޓާލާ ފެއަށް ޖެހުމަކީ އޭނާ ކުރާނެ ކަމެއް ނޫންކަމަށާއި މާއް ﷲ ގެ ވާގިފުޅާއެކު އެކަން ކުރުމުގައި އަބަދުވެސް ދެމިހުންނަވާނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

Rate this post