ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑު މިރޭ ބައްދަލުކުރާ މެޗަކީ ހުރިހާގޮތަކުންވެސް މުހިންމު މެޗެއް.

އިނގިރޭަސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ މެޗެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު ލިވަޕޫލްގެ ކޯޗް ކްލޮޕުގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ ޔުނައިޓެޑާ ދެކޮޅަށް ތިން ފަހަރު ކުޅެފަ އެވެ. އޭގެތެރެއިން ލިވަޕޫލް އެއްފަހަރު މޮޅުވިއިރު އަނެއް މެޗުން މޮޅުވެފައިވަނީ ޔުނައިޓެޑް އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިވަގުތު ލީގުގެ 4 ވަނާގައި ލިވަޕޫލް އޮތްިރު ޔުނައިޓެޑު އޮތީ ލީގުގެ 7 ވަނާގައެވެ. އެހެން ނަމަވެސް ލިވަޕޫލުގެ ކޯޗު ކުލޮޕް ބުނީ ތާވަލްގެ 4 ވަނާގައި ޓީމު އޮތްނަމަވެސް އެއީ އަދި ކާމިޔާބެއް ނޫން ކަމަށާއި ކުރިޔައް އޮތްތާގައި އަދި ވާނެ ގޮތެއް ނޭނގޭކަމަށެވެ.

ކުލޮޕް ބުނީ މިރޭގެ މެޗަށް ނިކުންނައިރު އޭނާގެ ކުލަބު އޮތީ ޔުނައިޓެޑަށްވުރެ 3 ޕޮއިންޓް ކުރީގައި ކަމަށާއި އެހެން ނަމަވެސް މިކަހަލަ މެޗަކަށް ނިކުންނައިރު އެއީ ލިބޭނެ މާބޮޑު ހިންހަމަ ޖެހުމެއްކަމަށް ނުދެކޭކަމަށެވެ.

މިރޭގެ މެޗަށް ނިކުންނައިރު މި ތިން ޕޮއިންޓްގެ ބޭނުން ހިނގައިދާނެ ކަމަށާއި ޔުނައިޓެޑުގައި އެފެންވަރުގެ މޮޅެތި ކުޅުންތެރިން އެބަތިބިކަމަށްވެސް ކުލޮޕް ބުންޏެވެ.

ކުލޮޕް ބުނީ ޕްރިމިއާ ލީގުގައި މި ދެޓީމަކީ ވަރަށް ވާދަވެރި ދެޓީމު ކަމަށާއި އެއްފަހަރު ލިވަޕޫލް މޮޅެއް ހޯދައިފިނަމަ ދެވަނަ މެޗުން ޔުނައިޓެޑު މޮޅެއް ހޯދާ ކަމަށެވެ. އެހެން ކަމުން މިރޭގެ މެޗުން ވެގެން ދާނެ ވަކި ގޮތެއް އަދި އަންދާޒާކޮށްލަންވެސް ނޭންގޭ ކަމަށް ކުލޮޕް ބުންޏެވެ.

ކުލޮޕް މިހެން ބުނިއިރު ލީގުގައި އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު  ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ޔޫރޮޕާ ލީގުގައި ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ވަނީ 2-0 އިން ޔުނައިޓެޑުގެ މައްޗަށް ކުރިހޯދާފައެވެ. އަދި  ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ޔުނައިޓެޑާ ދެކޮޅަށް މިރޭގެ ނުކުންނައިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އެޑަމް ލަލާނާ އާއި ޖިއޮޖީނިއޯ އަނިޔާގައި ތިބުމެވެ. މި ދެ ކުޅުންތެރިންވެސް އަނިޔާގައި ތިބިއިރު މިއީ ލިވަޕޫލަށް ވަރަށް މުހިންމު ދެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މި ދެކުޅުންތެރިންނާއި ބެހޭގޮތުން ވާހަކަދައްކަމުން ކްލޮޕް ބުނީ މި ދެ ކުޅުންތެރިން ވެސް މިރޭގެ މެޗުގައި ފެނުމަކީ ދުރުކަމެއް ނޫން ކަމަށާއި މި ދެކުޅުންތެރިން ކުޅުމާއި މެދު އަދި ވަކި ގޮތެއް ނިންމާނީ މިއަދުގެ އެންމެ ފަހު ޓްރެއިނިން ޝެޝަންތަކަށް ފަހުގައިކަމަށެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ.  ލިވަޕޫލަށް މިވަގުތު އޮތީ 16 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.