ޚަބަރު ފީތާ

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ހަތް މަހުގެ ކުއްޖަކު ނިޔާވެއްޖެ..

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ހަތް މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 11:14 ހާއިރު ކުޑަކުދިންގެ ހިޔާއިން ކުއްޖަކު މަރުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި ހަތް މަހުގެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެކުއްޖާ ގެންދިޔަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ. އެހެން ނަމަވެސް މި މައްސަލައާއި ބެހޭ އިތުރު ތަފްޞީލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވި އެވެ. އަދި މިމައްސަލަ ތަހުގީގު ކުރުމަށްފަހު އިތުރު މައުލޫމާތު މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލާތީ ކުއްލިއަކަށެވެ.

 

 

Rate this post