
ވުޟޫކުރާއިރު ކަންފަތުގައި ފެންލާނީ ކިހިނެތް؟
ވުޟޫކުރާމީހާ ކަންފަތުގައި ފެންލާއިރުލާނީ އާ ފެނެއް ހެއްޔެވެ [ނުވަތަ: ބޮލުގައިލީ ފެންލުމަށްފަހު އަތުގައިހުރި ތެތްކަމުން ހެއްޔެވެ]؟
ޖަވާބު: ކަންތަފަތަށްލުމަށްޓަކައި އާފެނެއް ނެގުމަކީ އެއީ ލާޒިމުކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ އެދެވިގެންވާ މުސްތަޙައްބުކަމެއްވެސް ނޫނެވެ. އެއީ އެކަމުގައި ޢިލްމުވެރިންގެ އެންމެ ޞައްޙަ ޤައުލެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ކަންފަތަށްލުމަށްޓަކައި އާފެންފޮދެއް ނެންގެވިކަމަށް އެކަލޭގެފާނު ވުޟޫކުރެއްވިގޮތް ޞިފަކޮށްދެއްވި އެއްވެސް ބޭކަލަކު ބަޔާންކުރައްވާފައި ނުވެއެވެ. ފަހެ މޮޅުއިތުރުގޮތަކީ ބޮލުގައި ފެންފުހުމަށްފަހު، އަތުގައި ދެންހުރި ތެތްކަމުން ކަންފަތުގައި ފުހުމެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله فتاوى أركان الإسلام / ص: ٢١٨/ طبعة: دار الثريا للنشر
އައްޝައިޚް މުޙައްމަދު ޝާއިފުޢު



