”ކޮޕައެމެރިކާ 2019“ ފުޓްބޯޅަ މުބާރާތް ބްރެޒިލްގައި އަންނަ ޖޫން މަހު ފަށަނީ

ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ”ކޮޕައެމެރިކާ 2019“ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާނެއެވެ.

ކޮންމެ ތިންއަހަރުން އެއްއަހަރު ބާއްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް މިއަހަރުގެ ޖޫން މަހުގައި ފެށޭއިރު، މިފަހަރު މި މުބާރާއް ބާއްވަނީ ބްރެޒިލްގައެވެ. މިއީ ބްރެޒިލްގައި މިމުބާރާތް ބާއްވާ 5 ވަނަ ފަހަރުކަންވެސް ފާހަކޮށްލަންޖެހެއެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވުނު މި މުބާރާތް ބޭއްވިފައިވަނީ އެމެރިކާގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

1548373718 212399 1548373910 noticia normal

ޖުމްލަ 12 ގައުމަކުން ބައިވެރިވެގެން ކުޅޭ މި މުބާރާތުގައި ވާދަކުރަނީ  ދެކުނު އެމެރިކާގެ 10 ގައުމާއި އޭޝިއާގެ 2 ގައުމެވެ. 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު މުބާރާތުގައި   16 ގައުމަކުން ވަނީ ވާދަކޮށްފައެވެ. މިފަހަރުވެސް 16 ގައުމު ބައިވެރިކޮށްގެން މި މުބާރާތް ކުރިޔައްގެންދިއުމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވުނު ނަމަވެސް ފަހުން އެ ޚިޔާލް ބަދަލުކޮށް މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ 12 ގައުމުކަމަށް ވަނީ ހަޖައްސާ ނިންމާފައެވެ. މި މުބާރާތް 16 ގައުމު ހިމަނައިގެން ކުރިޔައްގެންދިއުމަށް ވާހަ ދެއްކެވުނުއިރު، 16 ގައުމު ހަމަކުރުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އަދި ދުނިޔޭގެ ޗެމްޕިއަން ފްރާންސްއަށެވެ.

12 ގައުމު ހަމަކޮށްފައިވަނީ އޭޝިއާ ބައްރުން ދެ ގައުމާ އެކުގައެވެ. އޭޝިއާ ބައްރުން މިފަހަރު މި މުބާރާތުގައި ވާދަކުރަން ދައުވަތް ލިބިފައިވަނީ ޖަޕާނާއި އެންމެ ފަހުގެ އޭޝިއަން ކަޕް ޗެމްޕިއަން ޤަތަރަށެވެ. މީގެ ކުރިން މި ފުރުސަތު ދީފައިވަނީ އުތުރު އެމެރިކާ ބައްރުގެ ޓީމުތަކަށެވެ. އެހެން ނަމަވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން އެންމެ ފަހު ވަގުތު ނިންމާފައިވައޭޝިއާ ބައްރުގެ ދެޓީމަށް މި ފުރުސަތުދިނުމަށެވެ. އެގޮތުން މިފަހަރު ”ކޮޕަ އެމެރިކާ 2019“ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ހަމަޖެހިފައިވާ 12 ގައުމަކީ:

1 – ބްރެޒިލް

2 – އާޖެންޓީނާ

3 – ބޮލީވިއާ

4 – ވެނަޒުއެލާ

5 – ޕެރޫ

6 – ކޮލަމްބިއާ

7 – ޕެރަގުއާއި

8 – ގަތަރު

9 – އުރުގުއާއި

10 – އިކުއެޑޯ

11 – ޖަޕާން

12 – ޗިލީ

މި މުބާރާތް ކުރިޔައްދާނީ މި މުބާރާތުގައި ވާދަކުރާ 12 ގައުމު 3 ގުރޫޕަކަށް ބަހާލައިގެންނެވެ.  އެގޮތުން މުބާރާތުގެ  ކުއާޓާ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިފަހަރުގެ މި މުބާރާތް ކުރިޔަށްދާނީ ޖޫން 14 އިން ޖުލައި 7 ހެ ނިޔަލަށެވެ.

ކޮޕައެމެރިކާ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އަދި އެންމެ ގިނަފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައިވަނީ އުރުގުއޭއެވެ. އުރުގުއޭ މި މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައިވާއިރު، ދެވަނަ އަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ އާޖެންޓީނާއެވެ. އާޖެންޓީނާ ވަނީ މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައެވެ. ބްރެޒިލް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 8 ފަހަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.