ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާ ސީރިއަސް ނޫންކަމަށް ޔުވެންޓަސްއިން ބުނެފި

ޔޫރޯ ކޮލިފައިންގައި މިމަހުގެ 25 ވަނަ ދުވަހު ސާބިއާއާ ދެކޮޅަށް ޕޯޗުގަލް ޤައުމީ ޓީމަށް ކުޅެނިކޮށް ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު، ރޮނާލްޑޯއަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫންކަމަށް އޭނާގެ މިހާރުގެ ކުލަބު އިޓަލީގެ ޔުވެންޓަސްއިން ބުނެފިއެވެ.

ޔުވެންޓަސްއިން ބުނީ ރޮނާލްޑޯގެ އަނިޔާ އެހާ ސީރިއަސް ނޫންކަމަށާއި، ގިނަވެގެން ރޮނާލްޑޯ ކުޅުމާއި ދުރުގައި ހުންނާނީ ދެ ހަފްތާކަމަށެވެ. އަދި ރަނގަޅަށް އަރާމުކުރެވިއްޖެނަމަ ހަފްތާއެއްހާ ދުވަސްފަހުންވެސް ފަރިތަކުރުންތަކުގައި ބައިވެރިވޭނެކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގައި އަޔެކްސްއާއި ވާދަކުރާ މުހިންމު މެޗު ކުރިއަށް އެބައޮތެވެ. އޭޕްރިލް 10ވަނަ ދުވަހު ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑުކަމަށްވެސް ޔުވެންޓަސްގެ ބަޔާނުގައިވެއެވެ.

ޔޫރޯ ކޮލިފައިންގައި ސާރބިއާއި ވާދަކުރި މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާވަނީ ބަދަލުކޮށްފައެވެ. އަދި އެނބުރި އިޓަލީއަށްގޮސް އަނިޔާގެ ތަފްސީލްތައް ހޯދުމަށް އިތުރު ޓެސްޓުތަކެއްވެސް ވަނީ ހަދާފައެވެ.

މި މެޗުގެ ކުރިން އިޓަލިއަން ސެރީއާގައި އެމްޕޯލީ އަދި ކްގަލިއާރީއާއި ވާދަކުރާ މެޗާއި އޭސީ މިލާނާއި ވާދަކުރާ ފޯރިގަދަ މެޗުވެސް ޔުވެންޓަސްއަށް އެބައޮތެވެ. މިހާތަނަށް މި ސީޒަންގައި ޔުވެންޓަސްއަށް ކުޅެދިން 26 މެޗުގައި އޭނާވަނީ 19 ގޯލް ޖަހާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.