ޔުރޯ ކޮލިފައިން: ޕޯޗުގަލްގެ ދެވަނަ މެޗުވެސް ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، ރޮނާލްޑޯ އަށް އަނިޔާވެއްްޖެ

ޔޫރޯ ކޮލިފައިންގައި ރޭ ޕޯޗުގަލް ކުޅުނު ދެ ވަނަ މެޗުންވެސް މޮޅެއް ނުލިބި އެއްވަރުވެއްޖެއެވެ. ޕޯޗުގަލްގެ އަމިއްލަ ފަސްގަނޑުގައި ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ޑްރޯއަކުން ފުއްދާލަން ޖެހުނު އިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެ، މެޗުގެ ފުރަތަމަ 31 މިނެޓު ހަމަ ނުވަނީސް ދަނޑުން ބާލާފައެވެ. ރޮނާލްޑޯގެ  ފަލަމަސްގަނޑަށް އަނިޔާވެ، އޭނާ ބާލަން ޖެހުނުއިރު މިއީ 2015 ވަނަ އަހަރަށް ފަހު ރޮނާލްޑޯއަށް މިފަދަ އަނިޔާގެ މައްސަލައެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ. ރޮނާލްޑޯއަށް ރޭ ކުރިމަތިވި އަނިޔާއާ ގުޅިގެން މެޗަށް ފަހު ވާހަކަދައްކަމުން ބުނީ ރޭގެ އަނިޔާއާ ގުޅިގެން ކަންބޮޑު ނުވާކަމަށާއި، އަނިޔާ މާ ސީރިއަސް ނޫންކަމަށެވެ. އެގޮތުން ރޮނާލްޑޯ ބުނީ އޭނާއަށް ވަރަށް ރަނގަޅަށް އޭނާގެ ހަށިގަނޑު އެނގޭ ކަމަށާއި އެފަދަ އަނިޔާއެއް ވެފައި ނުވާކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތް ހަފްތާއެއް ނޫނީ ދެ ހަފުތާގެ ތެރޭގައި މުޅިން ފިޓުވެ އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

portugal cristiano ronaldo injury euro final

“ އަހަރެން އެއްވެސް ވަރަކަށް މި އަނިޔާއާ ދޭތެރޭ ފިކުރެއް ނުކުރަން، މީ އެހާ ސީރިއަސް އަނިޔާއެއް ނޫން، އަހަރެންނަށް އަހަރެންގެ ބޮޑީ ވަރަށް ރަނގަޅަށް އެނގޭނެ، އެހެން ވީމަ އަހަރެންނަށް ވަރަށް ޔަގީންކަން އެބައޮތް ހަފްތާއެއް ނޫނީ ދެހަފްތާތެރޭގައި އެނބުރި ކުޅުމަށް އާދެވޭނެކަން.“ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ މި ކޮމެންޓާއި ދޭތެރޭ ހަމަޔަގީނުންވެސް އެންމެ ހިންހަމަޖެހޭނީ ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީކަން ޔަގީނެވެއެވެ. ރޮނާލްޑޯއަށް އަނިޔާގެ މައްސަލަ ކުރިމަތިވުމަކީ އެލެގްރީއަށް އެހާ އަޑުއަހަން ފަސޭހަ ޚަބަރަކަށް ނުވާނެއެވެ. ރޮނާލްޑޯއަކީ މިވަގުތު ޔުވެންޓަސްގެ އެންމެ ވަރުގަދަ ތަނބެވެ.

ރޮނާލްޑޯ ޔަގީންކުރާގޮތުން ނަމަ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ މަހުގެ 10 ވަނަ ދުވަހު ނެދެލެންޑްސްގެ އަޔަކްސްއާ ދެކޮޅަށް އޭނާއަށް ކުޅެވޭނެ އެވެ. އެކަމަކު އިޓާލިއަން ލީގުގައި އެމްޕޮލީ، ކަގްލިއާރީ އަދި އޭސީ މިލާނާ ދެކޮޅަށް ނުކުޅެވިދާނެ އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި ރޮނާލްޑޯ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ވެސް، ޔޫރޯ ކޮލިފައިންގައި މިދިޔަ ހަފުތާގައި ޔޫކްރޭނާ 0-0 އިން އެއްވަރުވީ އެވެ. އެ ޓީމު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކުވެރިކަމުގެ މެޗެއްގައި ސްކޮޓްލެންޑް އަތުން 3-1 އިން މޮޅުވި ފަހުން އަދި މޮޅެއް ނުލިބެ އެވެ.

r519707 2 1296x729 16 9

ލިޒްބަންގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސާބިއާގެ ޑުސާން ޓަޑިޗް ވަނީ ލަނޑުޖަހާ ލީޑު ނަގައިފަ އެވެ. ޕޯޗުގަލަށް އެއްވަރުކޮށްދިނީ 42 ވަނަ މިނެޓުގައި ޑަނީލޯ ޕެރެއިރާ ވަރަށް ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެތެރެއަށް ވައްދާލައިގެންނެއެވެ.

ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ޕޯޗުގަލް އޮތީ ޔޫރޯ ކޮލިފައިންގެ ގްރޫޕް ބީ ގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ޔޫކްރޭން އޮތްއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ލަގްޒަމްބާގެވެ. ފަސް ޓީމު ހިމެނޭ މި ގްރޫޕުން ކޮލިފައިވާނީ ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

އެންމެ ފަހުން ފްރާންސްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށްވެސް ޕޯޗުގަލް ކޮލިފައިވެފައިވަނީ ޕްލޭއޮފް ކުޅެގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.