ޔޫރޯ ކޮލިފައިން 2020: ނެދަލޭންޑްސް އާއި ނޯދަން އަޔަލެންޑް ވެސް ފަސޭހަކަމާއި އެކު މޮޅުވެއްޖެ

2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން މެޗުތަކުން ނެދަލެންޑްސް އާއި ނޯދަން އަޔަލެންޑް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ރޭ ކުޅުނު ކޮލިފައިން މެޗުތަކުން ގްރޫޕް ”ސީ“ ގައި ހިމެނޭ ނެދަލެންޑްސް ބެލަރޫސްގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދިއިރު، ނޯދަން އަޔަލެންޑުން އެސްޓޯނިއާގެ މައްޗަށް ކުރި ހޯދާފައިވަނީ 0-2 ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

106131213 hi053095197

ނެދަލެންޑްސްގެ އަމިއްލަ ދަނޑުގައި ބެލަރޫސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑަކީ ބެލަރޫސްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެންޕިސް ޑިޕާއީ ކާމިޔާބުކުރި ލަނޑެކެވެ. އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްދިނީ ޑިޕާއީގެ އެހީތެރިކަމާއި އެކު މެޗުގެ 21 ވަނަ މިނެޓުގައި ޖޯޖިއޯ ވިނެލްޑަމްއެވެ.

ނެދްލެންޑްސް ލިޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑިޕާއީއެވެ. ނެދަލެންޑްސްގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ދަނިކޮށް 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެންޑިޗްއެވެ.

ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް ”އައި“ ގައި ހިމެނޭ ބެލްޖިއަމް އަދި ރަޝިއާ ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއިން ބެލްޖިއަމް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ހަޒާޑް ވަނީ ދެ ލަނޑު ބެލްޖިއަމްއަށް ކާމިޔާބުކޮށްދީފައެވެ.

ގްރޫޕް ”ޖީ“ ގައި ހިމެނޭ ޕލަންޑް އަދި އޮސްޓްރިއާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ޕޮލަންޑް ކާމިޔާބުކުރިއިރު، މިގްރޫޕްގައި ހިމެނޭ އިޒްރޭލް އަދޮ ސްލޮވީނިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މީގެ އިތުރުން މި ގްރޫޕުގައި ހިމެނޭ މެސެޑޯނިއާ އަދި ލެޓިވިއާ ބައްދަލުކުރި މެޗު 0-3 އިން މެސެޑޯނިއާ ވަނީ ކާމިޔާބުކޮށްފައެވެ.

ރޭކުޅުނު ގްރޫޕް ”އީ“ ގެ މެޗުތަކަށް ބަލާއިރު، ކްރޮއޭޝިއާ އަދި އަޒަރަބައިޖާން ބައްދަލުކުރި މެޗު 1-2 އިން ކްރޮއޭޝިއާ ކާމިޔާބުކުރިއިރު، ސްލޮވޭކިއާ ވަނީ 0-2 ގެ ނަތީޖާއިން ހަންގޭރީގެ މައްޗަށް ކުރިހޯދާފައެވެ.

ޔޫރޯ ކޮލިފައިންގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު،

ރާއްޖޭ ގަޑިން މިރޭ 10:00 ގައި ބަލްގޭރިއާ އަދި މޮންޓެނިގްރޯ ބައްދަލުކުރާމެޗު ކުޅެވޭއިރު، މިރޭ ދަންވަރު ރާއްޖޭގަޑިން 12:45 ގައި 6 މެޗެއްކުޅެވޭނެއެވެ. އެއީ

އިންގްލެންޑް – ޗެކްރިޕަބްލިކް

ޕޯޗުގަލް – ޔޫކްރެއިން

ލްކްސެންބާގް – ލިތުއޭނިއާ

މޮލްޑޯވާ – ފްރާންސް

އެންޑޯރާ – އައިސްލެންޑް

އަލްބޭނިއާ – ތުރުކީ

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.