ޔޫރޯ ކޮލިފައިން 2020: ސައިޕްރަސް ފަސޭހަ މޮޅެއް ހޯދިއިރު ކަޒަކިސްތާންވެސް މޮޅުވެއްޖެ

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ސަން މަރީނޯގެ މައްޗަށް ފަސޭހަ މޮޅެއް ސައިޕްރަސް އިން ހޯދައިފިއެވެ.

ޔޫރޯ ކޮލިފައިން ގްރޫޕް ”އައި“ ގައި ހިމެނޭ ސައިޕްރަސް އަދި ސަންމަރީނޯ ބައްދަލުކުރި މެޗުން ސައިޕްރަސް މޮޅުވެފައިވަނީ 0-5 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސައިޕްރަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީވެސް ސައިޕްރަސްއިންނެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ސައިޕްރަސް ވަނީ ލީޑުނަގާފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެބަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ސައިޕްރަސްއަށް ލީޑުނަގައިދިނީ ޖޯޒީ ނަމްބަރ 10 ޕިއެރޯ ސޮޓީރިއޫ އެވެ. އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީވެސް މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕިއެރޯ ސޮޓީރިއޫ އެވެ.

ސައިޕްރަސްގެ ތިންވަނަ ލަނޑު ޖަހާ އިތުރަށް ލީޑު ފުޅާކޮށްދިނީ އެފްރެެމްގެ އެހީތެރިކަމާއިއެކު މެޗުގެ 26 ވަނަ މިނެޓުގައި ލޯނިސް ކޮސަލަސްއެވެ. އޭގެ 4 މިނެޓުފަހުން މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖިއޮގޮސް އެފްރެމްއެވެ.

ސައިޕްރަސް މެޗުގެ ފުރަތަމަ ހާފު ނިންމާލީ 4 ލަނޑުގެ ލީޑަކާއި އެކުގައެވެ. ސައިޕްރަސްއިން މެޗުގެ ފަސްވަނަ ލަނޑު ޖކާމިޔާބުކޮށްފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައި ޑިފެންޑަރ ކޮންސްޓެންޓިނެސް ލައިފިސްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ކޯނަރަކުން ގޯލްކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މިގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ކަޒަކިސްތާން ވަނީ 0-3 ގެ ނަތީޖާއަކުން ސްކޮޓްލެންޑުގެ މައްޗަށް ކުރިހޯދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.