ޔޫރޯ 2020، ކޮލިފައިން މެޗުތަށް މިރޭ ފަށަނީ

ޔޫރަޕުގެ އެންމެ ޝަރަފުވެރި އަދި ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ “ ޔޫރޯ 2020″ އަށް ކޮލިފައިވުމަށް ކުޅެންޖެހޭ ކޮލިފައިން މެޗުތަށް މިރޭ ކުޅެންފަށާނެއެވެ. ޔޫރަޕުގެ ގައުމުތަކަށް ހާއްސަކޮށްގެން ޔޫއެފާއިން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މިރޭ ފަށާއިރު، މި މުބާރާތަކީ ޔޫރަޕުގެ ފުޓުބޯޅަ އެސޯސިއޭޝަނުން މީގެ 61 އަހަރުކުރިން 1958 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ޔޫރަޕުގެ 55 ގައުމު 10 ގުރޫޕަކަށް ބަހާލައިގެން ކޮލިފައިން ބުރުތަށް ކުޅޭއިރު، އޭގެތެރެއިން ފައިނަލް ރައުންޑަށް ކޮލިފައިވާނީ ޖުމްލަ 24 ޓީމެވެ. އެއީ ކޮންމެ ގްރޫޕެއްގެވެސް 1 ވަނަ އަދި 2 ވަނަ އަދި ޕްލޭއޮފް ކުޅެގެން ފުރުސަތު ލިބޭ 4 ޓީމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރޭ ކޮލިފައިން ފެށޭއިރު، ކޮލިފައިންގެ ގިނަ މެޗުތަކެއް މިރޭ ކުޅެވޭނެއެވެ. އެގޮތުން ކަޒަކިސްތާން އަދި ސްކޮޓްލެންޑް ބައްދަލުކުރާ މެޗު ރާއްޖޭގަޑިން މިރޭ 8:00 ގައި ފަށާއިރު، ސައިޕްރަސްއާއި ސަންމަރީނޯ ބައްދަލުކުރާ މެޗު މިރޭ 10:00 ގައި ކުޅޭނެއެވެ.

މީގެ އިތުރުން މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:45 ގައި ކޮލިފައިން 8 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ ކުޅޭ މެޗުތަކަކީ:

ނެދަލެންޑްސް – ބެލަރޫސް

ނޯދަން އަޔަލެންޑް – އެސްޓޯނިއާ

ސްލޮވާކިއާ – ހަންގޭރީ

ކްރޮއޭޝިއާ – އަޒަރަބައިޖާން

އިޒްރޭލް – ސްލޮވީނިއާ

މެސެޑޯނިއާ – ލެޓިވިއާ

އޮސްޓްރިއާ – ޕޮލަންޑް

ބެލްޖިއަމް – ރަޝިއާ

15437538477443

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.