ޕީޕީއެމްގެ ޕާޓީ މަސްވަރާތަކަށް ވަޑައިގަންނަވާނީ އަދުރޭ އަދި ނިހާން..

ސަރުކާރުން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށް މިހާރު ދަރުބާރުގޭގައި ކުރިޔައްގެންދާ އެޕާޓީގެ ކައުންސިލްބައްދަލުމުގައި ފާސްކޮށްފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ޕާޓީ މަސްވަރާތަކުގައި ބައިވެރިވާ ގޮތަށް މިހަމަޖެއްސީ ސިވިލް ކޯޓުން މިއަދު ނެރެފައިވާ އަމުރާ އެއް ގޮތަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސާތުގައި މިރޭ ކުރިޔަށް ގެންދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޕާޓީގެ މުސްތަޝާރު، ރައީސް އަބުދުﷲ ޔާމީން ވެސް ވަނީ މި ދެބޭފުޅުން ހޮވުމުގައި ތާއީދުކުރައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔާމީން ރިޔާސަތުގައި އިންނަވައިގެން މިރޭ ދަރުބާރުގޭގައި ކުރިޔައްދާ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީ މަސްވަރާތަކުގައި ވަޑައިގަންނަވަން ނިހާންނާއި އަދި އަބުދުއްރަހީމް ހަމަޖައްސާފައިވާއިރު ރައީސް މައުމޫނުގެ ފެކްޝަނުން ވެސް ވަނީ ޕާޓީ މަސްވަރާތަކުގައި އެހެން ދެ ބޭފުޅަކު ފޮނުވަން ހަމަޖައްސާފަ އެވެ.

މައުމޫން ހަމަޖައްސަވާފައިވާ ދެބޭފުޅުންނަކީ ފާރިޝް މައުމޫންއާއި އަހުމަދު ވަހީދު (ޥައްޑެ) އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.