ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް ބޮޑު ސަސްޕެންޝަނަކާއި ދިމާއަށް ؟؟؟

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާއިން މޮޅުވި މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލޯ އުފާފާޅު ކުރުމަށް ޑިއޭގޯ ސިމިއޯނީއަށް މަލާމާތް ކުރި މައްސަލަ ޔޫއެފާއިން ބަލަން ފަށައިފިއެވެ.

ރޮނާލްޑޯގެ މޮޅު ކުޅުމާއި އެކު އެތްލެޓިކޯ ބަލިކޮށް ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލުން ޔުވެންޓަސް ޖާގަހޯދިއިރު، މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތްލެޓިކޯއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެޗުގައި އެތްލެޓިކޯގެ ދެވަނަ ގޯލާއެކު ސިމިއޯނީ ވަނީ ޔުވެންޓަސްއަށް މަލާމާތް ކުރުމުގެ ގޮތުން އުފާފާޅު ކޮށްފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން، ދެވަނަ ލެގުގައި ތިން ގޯލް ޖަހާ، ރޮނާލްޑޯ ވަނީ ސިމިއޯނީގެ އުފާފާޅުކުރުން ކޮޕީކޮށް، އެކަމަށް ހަޖޫޖަހާފައެވެ.

އެ މައްސަލަ އެތުލެޓިކޯއިން ޔޫއެފާއަށް ހުށަހެޅި އިރު، މައްސަލައިގައި ތަހުގީގު މިއަދު ވަނީ ފަށާފައެވެ. އަދި އެކަމަކީ ރޮނާލްޑޯ ކުޅިވަރުގެ ރޫހުން ބޭރުގައި ކުރި ކަމެއް ކަމަށް ބެލެވޭތީ، އެހެން އެކަން ކުރި ކަމަށް ސާބިތުކުރެވޭ ނަމަ، އޭނާއަށް ސަސްޕެންޝަން އަންނާނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ގޯލް ޑޮޓްކޮމްއަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ދިން ބަސްދީގަތުމެއްގައި އޭނާ ބުނީ ދަނޑުމަތީގައި ކުޅުންތެރިން ސެލެބްރޭޓް ކުރުމުގައި ގެންގުޅޭނީ އެ ކުޅުންތެރިއެއްގެ އަމިއްލަ ސްޓައިލް ކަމަށާއި އެހެން ކަމުން ރޮނާލްޑޯވެސް ސެލެބްރޭޓް އެ ކުރީ އޭނާގެ ސްޓައިލްގައި ކަމަށެވެ. އެހެން ކަމުން މިކަމާއި ގުޅީގެން ޔޫއެފާއިން ރޮނާލްޑާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅޭޅެކަމަށް އެލެގްރީ ވަނީ ބުނެފައެވެ.

“ ދަނޑުމަތީގައި ލަނޑު ޖެހުމަށްފަހު ސެލެބްރޭޓް ކުރުމުގައި ކޮންމެ ކުޅުންތެރިއެއްވެސް ގެންގުޅޭޅީ އެ ކުޅޫންތެރިއެއްގެ އަމިއްލަ ސްޓައިލް. އެގޮތން ރޮނާލްޑޯވެސް ސެލެބްރޭޓް އެކުރީ އޭނާގެ ސްޓައިލްގައި. އޭގެ އެއްވެސް ގޯހެއް އަހަރެންނަކަށް ނުފެނޭ. އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ.“ އެލެގްރީ ބުންޏެވެ.

ޔުވެންޓަސްއިން އަޔެކްސްއާ ދެކޮޅަށް އޮތް ކުއާޓާ ފައިނަލް ދެ މެޗަށް ރޮނާލްޑޯ ސަސްޕެންޑް ވާނެ ކަމަށް ބެލެވޭ އިރު، އެ މައްސަލައިގައި ރޮނާލޯއާ މެދު ފިޔަވަޅު އަޅާނީ 21 ވަނަ ދުވަހު އޮންނަ ބައްދަލުވުމަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.