މޯލްޑިވްސް އިންޓަރނޭޝަނަލް މެރެތަންގެ އެކްސްޕޯ ފަށައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ އެކްސްޕޯ ފަށައިފިއެވެ.

ޓްރެވަލް މެރެތަންސް އޮފް މޯލްޑިވްސް ސީރީސްގެ ފުރަތަމަ އިވެންޓުގެ އެކްސްޕޯ ނުވަތަ ރޭސް ކިޓް ދޫކުރުން ކުރިއަށްދަނީ ނޭޝަނަލް އާޓް ގެލަރީގައެވެ. ކިޓް ދޫކުރާނީ މިއަދު ހަވީރު 16:00ން 22:00އަށް އަދި މާދަމާ މެންދުރު 12:00ން ރޭގަނޑު 19:00އަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓޫރިޒަމް މިނިސްޓްރީން އެންޑޯސްކޮށް، މި އިވެންޓު އޮންނާނީ އަންނަ ހުކުރު ދުވަހު (މާރޗް 8) އަދި 9 ގައެވެ. ހުޅުމާލޭގައި ބާއްވާ މި އިވެންޓުގައި ހިމެނޭ ފުލް މެރަތަން، ހާފު މެރަތަން އަދި 10 ކިލޯމީޓަރގެ ދުވުން އޮންނާނީ ހުކުދު ދުހަވު ހެނދުނުއެވެ. 5 ކިލޯ މީޓަރުގެ ދުވުން އެދުވަހު ހަވީރު ބާއްވާ އިރު، 9 ވާ ހޮނިހިރު ދުވަހު އޮޮންނާނީ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ބާއްވާ އެލްޑަރލީ ހިނގާލުމާި ކިޑްސް ސްމައިލް ދުވުމެވެ.

އައި-ރަނަރސް އާއި އޮބްޖެކްޓް އަދި ޔުނިކްސް ސްޕޯޓިންގ ގުޅިގެން ބާއްވާ މި އިވެންޓުގައި މެރެތަން، ހާފް މެރެތަން އަދި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު ވަނީ ހިމަނާފައެވެ.

މި ރޭސް ނިންމާ ބައިވެރިންނަށްދޭ މެޑެލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ވެށި ރަމްޒުކޮށްދޭ ގޮތަށެވެ.

ލޮނުފެން ސްޓޫޑިއޯގެ ޢަބްދުﷲ ތައުފީގް (ތައު) ގެ ކުރެހުމެއްގެ ނަކަލުކޮށް ފަރުމާކޮށްފައިވާ މެޑަލް ރަމްޒުކޮށްދެނީ ކަނޑުދަތުރުފަރެވެ. މެޑެލް ހުންގާނެއްގެ ބައްޓަމަށް ހަދާފައިވާ އިރު، ހުންގާނުގެ ވަށައިގެން ފެންނަން ހުންނާނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކާއި މުރަކަތެކެވެ.

ރޭސް ޓީޝާޓު ފަރުމާކޮށްފައިވަނީ މައިގަނޑުގޮތެއްގައި ރާއްޖެއަށް ޚާއްޞަ ހިރިގަލުގެ ވަޑާމަށެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކާއި މުރަކަތަކުގެ މަންޒަރު ހުންގާނުގެ މެދުން ފެނިގެންދާ އިރު، މެރެތަންގައި ލޯގޯ ޖަހާފައިވަނީ ނޫއުޑު ދައްކުވައިދޭ ގޮތަކަށެވެ. އަދި އޭގެ މަތިން ފެންނާނީ އިރުގެ ރަން ދޯދިތައް އެޅިފައިވާ އުދަރެހަކާއި ދޫނިސޫފާސޫފި އުދުހެމުންދާ މަންޒަރެކެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު މޮޑެލް، ފިލްމީ ތަރި އަދި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތެއްކަމަށްވާ މިލިން ސޯމަން މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

mv internationa

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.