
މާރެސްގެ އަތޮޅުވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން ބ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ އެޕްރީލް މަހު 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 20 މާރޗް 2019 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަންހެން އަދި ފިރިހެން ޑިވިޜަން ވެސް ހިމެނޭގޮތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިމުބާރާތުގެ ފިރިހެންޑިވިޜަންގެ މެޗްތައް ކުރިއަށްދާނީ އަންހެންޑިވިޜަންގެ މެޗްތަކަށްފަހުއެވެ.
މިމުބާރާތުގެ މަގްޞަދަކީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި، ކުުންތެރިންގެ ހުނަރު ރަނގަޅުކުރުމާއި އެކުވެރިކަން އާލާ ކުރުމެވެ.

އެ ޖަމިއްޔާއިން 2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް ވަނީ އަންހެންޑިވިޜަންގެ 3 މުބާރާތެއް ބާއްވާފައެވެ.
ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވާދަކޮށްފައެވެ. ފިރިހެންޑިސަން އަދި އަންހެން ޑިވިޜަންގެ ފައިނަލްގައި މާޅޮސް ބަލިކޮށް 2 ޑިވިޜަންގެ ވެސް ޗެމްޕިއަން ހޯދާފައިވަނީ ގޮއިދޫ ޓީމެވެ.
މާރެސް އިން 2019 ވަނައަހަރު ހިންގުމަށް ރޭވިފައިވާ ކުޅިވަރު ހަރަކާތްތަކުގެތެރޭަގައި އަތޮޅުގެ ރިސޯޓްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޮލީމުބާރާތް މިއަހަރުގެ ޖޫންމަހު ބޭއްވުމަށް އެޖަމިއްޔާއިންދަނީ ތައްޔާރުވަމުންނެވެ.



