
”ރަން ވިތް އަސް 2019“ މިއަހަރުވެސް..
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އޮބްސްޓަކަލް ދުވުން ”ރަން ވިތް އަސް 2019“ މިއަހަރުވެސް އޮންނާނެ ކަމަށް ވިމް އިން ބުނެފިއެވެ.
ވިމް އިން ބުނީ މިއަހަރުގެ ދުވުންވެސް އޮންނާނީ މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސްކަމަށްވާ އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހު ހުޅުމާލޭގައި ކަމަށެވެ. އަދި މި ދުވުމުގައި ބައިވެރިވުމުގެ މުއްދަތު ފެބްރުއަރީ 1 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
”ބެލެންސް ފޮރ ބެޓެރ ލައިފް“ މި ޝިޢާރާއި ގުޅޭގޮތުން ބާއްވާ މި ދުވުމުގައި މިއަހަރުވެސް ދުވާނީ 3.5 ކިލޯމީޓަރުގެ ރާސްތާއެއްގައި ކަމަށާއި ކޮންމެ ކިލޯމީޓަރަކުން އޮބްސްޓަކަލް ކުރިމަތިވާނެ ކަމަށް ވިމް އިން ބުނެއެވެ. އަދި ދުވުމުގެ ބައިވެރިން އެބައިވެރިޔަކު އިޚްތިޔާރު ކުރާ ގޮތަކަށް އޮބްސްޓަކަލް ފުރިހަމަ ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
ފައިބެއަހަރެކޭ އެއްގޮތަށް މިއަހަރުގެ ދުވުމުގައިވެސް ދުވެވޭނީ ހަމައެކަނި ކަނބަލުންނަށް ކަމަށާއި މިއަހަރުވެސް ވަކި ޢުމުރުފުރައަކަށް ޚާއްޞަކޮށްފައި ނުވާ ކަމަށްވެސް ވިމް އިން ވަނީ ބުނެފައެވެ. އަދި ބުނީ މިއަހަރުގެ އޮބްސްޓަކަލްތަކަކީވެސް މިދިޔަ އަހަރެކޭވެސް އެއްފަދައިން ފަސޭހަ އޮބްސްޓަކަލް ތަކަކަށް ވާނެކަމަށެވެ.
ފައިބެއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކަނބަލުން ބައިވެރިވި ދުވުންވެސް މެއެވެ.
”ރަން ވިތް އަސް 2019“ އާއި ގުޅޭގޮތުން އިތުރު މަޢުލޫމަތު ހޯއްދެވުމަށް ވިމްގެ ހޮޓްލައިން 7946687 އަށް ގުޅުއްވުމަށް ވިމް އިން އެދިވަޑައިގަންނަވައެވެ.
މިއީ ވިމެން އިން މެނޭޖްމަންޓުގެ ފަރާތުން އަންހެނުންގެ ދުވަހުގެ ޚާއްޞަ އޮބްސްޓަކަލް ދުވުން ”ރަން ވިތް އަސް“ ބާއްވާ ދެވަނަ އަހަރެވެ.
އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ އޯގަނައިޒޭޝަން، ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވީ ސެޕްޓެމްބަރ 2017ގައެވެ.
ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



