ޓީޓީ އިން ރާއްޖެއަށް ފުރަތަމަ ގޯލްޑް މެޑެލް..

ޓޭބަލް ޓެނިސް (ޓީޓީ) ގައި ރާއްޖެއަށް މިހާތަނަށް ލިބުނު ފުރަތަމަ ގޯލްޑް މެޑެލް ސައުތު އޭސިއާ ހޯޕް ޓީޓީ އިވެންޓުގައި ހޯދައިފިއެވެ.

މި ރަން ވަނަ ރާއްޖެއަށް ހޯދައިދިނީ މި މަހުގެ 22ން 27އަށް އިންޑިއާގެ ހަރިޔާނާގައި ކުރިއަށްދިޔަ މި އިވެންޓުގައި ފާތުމަތު ދީމާ ޢަލީ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ސަރަޙައްދުގެ ޤައުމުތަކުގެ 12 އަހަރުންދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެއަހަރަކުވެސް ބާއްވަމުން އަންނަ މި އިވެންޓުގެ އަންހެންކުދިންގެ ކެޓަގަރީން ދީމާ ރާއްޖެއަށް ރަންމެޑެލް ހޯދައިދިނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

ދީމާއަކީ ލަންކާއަށް އުފަން ކުއްޖެކެވެ. އަދި އޭނާވަނީ ލަންކާގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެހެންކަމުން ލަންކާ ޤައުމީ ޓީމަށް ކުޅެންވެސް އޭނާއަށް ވަނީ ދަޢުވަތު ލިބިފައެވެ. ނަމަވެސް އޭނާގެ މަންމަ އާއި ބައްޕަ ނިންމީ ރާއްޖެއަށް ކުޅުވާށެވެ.

ދިވެހިރާއްޖެއަށް ދީމާ މިހޯދައިދިން ކާމިޔާބީއަށް އެޓޯލްނިއުސްގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތަހުނިޔާ އާއި މުބާރާކްބާދީ ދަންނަވަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.