
ރައީސް ސޯލިހް ޓީއެފްޖީ ރަން އިން ލާމު ރަސްމީކޮށް ފައްޓަވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓީ.އެފް.ޖީ މެރަތަން ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ޓޯޓަލް ފިޓްނެސް ގްރޫޕުން ބާއްވާ މި ދުވުން ރައީސް ފައްޓަވައިދެއްވީ ހައްދުންމަތީގެ ބައެއް ރަށްރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޓީ.އެފް.ޖީގެ މެރެތަން ރަސްމީކޮށް ފައްޓަވައިދެއްވައި މެރަތަންގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މީގެ އިތުރުން އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



