
ޓީއެފްޖީ ރަން އިން ލާމު އަންނަ ހޮނިހިރު ދުވަހު
ޓޯޓަލް ފިޓްނެސް ގްރޫޕުން ބާއްވާމުން އަންނަ ”ކޮކާކޯލާ ޓީއެފްޖީ ރަން އިން ލާމު“ އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ.
ރަން އިން މޯލްޑިވްސް ސީރީޒުގައި ހިމެނޭ މިދުވުމުގެ ހުރިހާ ކެޓަގަރީއެއްގެ ޖާގަތައްވެސް ފުލްވެފައިވާ އިރު، މިހާރުވެސް އަންނަނީ ގިނަބަޔަކު ޖާގަ ހޯދުމަށް އެދެމުންނެވެ.
ޓީއެފްޖީ އިން ބުނީ ފައިބެއަހަރަށްވުރެ މިއަހަރު ލިބުނު ތަރުހީބު ބޮޑު ކަމަށާއި އެކަމުންވެސް ދުވުމަށް މީހުން ހޭލުންތެރިވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. އަދި ދުވުމަކީ ވަކި ޢުމުރަކަށް ވަކި ޖިންސަކަށް އޮތް ކަމެއް ނޫންކަންވެސް ހާމަވާ ކަމަށެވެ.
މިއަހަރުގެ ރަން އިން ލާމު ދުވުން މި މަހުގެ 26 ވާ ހޮނިހިރު ދުވަހު ބާއްވާ އިރު، މި ދުވުމުގައި ފުލް މެރަތަން، ހާފު މެރަތަން އަދި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު ވަނީ ހިމަނާފައެވެ. އަދި ކުޑަކުދިން ދުވުމަށް ހޭލުންތެރި ކުރުވުމަށް ބާއްވާ ކިޑްސް ރަންއަކާއި ދޮށީ ޢުމުރުގެ ފަރާތްތަކަށް ބާއްވާ ހަރަކާތެއްވެސް ވަނީ ހިމަނާފައެވެ.
މި އަަހަރުގެ ދުވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ބައިވެރިވަޑައިގަތުމަށް އަންނަ ހުކުރު ދުވަހު ލ. އަތޮޅަށް ވަޑައިުގަތުމަށް ވަނީ ނިންމަވާފައެވެ.



