ޚަބަރު ފީތާ

ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަނީ…..

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މުސްތަޝާރުކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމުގެ ބެއްލެވުމުގެ ދަށުން މިރޭ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީގެ ނައިބުރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ ނައިބުރައީސް އަބުދުއްރަހީމް އަބުދުﷲ މިހެން ވިދާޅުވީ ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްޣައްޔޫމަށް ދައުވަތު އަރުވާނެކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

Rate this post