އޭޑީކޭ ސިނަރޖީ އިން ’ ހާސްމޭލް‘ ގެ ނަމުގައި ޗެލެންޖެއް ފަށައިފި

އޭޑީކޭ ސިނަރޖީ އިން ’ ހާސްމޭލް‘ ގެ ނަމުގައި ޗެލެންޖެއް ފަށައިފިއެވެ.

1 ޖެނުއަރީން 31 ޑިސެމްބަރ ގެ ނިޔަލަށް ކުރިއަށްގެންދާ ޗެލެންޖަކީ އޭޑީކޭ ކޮމްޕެނީގެ ހުރިހާ މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޗެލެންޖެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭޑީކޭ ސިނަރޖީ އިން ބުނީ މުޅި އަހަރަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި ކޮންމެ ދުވަހަކުވެސް 4 ކިލޯމީޓަރ ދުވެގެން ޗެލެންޖު ނިންމޭނެކަމަށެވެ. އަދި މީގެ ތެރޭގައި އަހަރުގެ ތެރޭގައި އެމީހަކު ބައިވެރިވާ ރޭސްތަކުގެ ދުވުންވެސް ހިމެނޭނެ ކަމަށެވެ.

’ އަޅުގަނޑުމެން މި ޗެލެންޖުގަ އޭޑީކޭ ކޮމްޕެނީގެ ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ. ދެން މިއީ މުޅި އަހަރަށް ބަހާލާފަ އޮތް ކަމެއް. އެހެންވީމަ ނިމޭނީ 31 ޑިސެމްބަރ 2019ގަ. އަނެއްކާ މީހަކު ބައިވެރިވެދާނެ ރާއްޖޭގަ ނޫނީ ރާއްޖެއިން ބޭރުގަ އޮންނަ ދުވުމެއްގަވެސްދޯ. އެހެންވިއްޔާ އެ ދުވުމުގެ މޭލުވެސް ހިމެނޭނެ“ އޭޑީކޭ ސިނަރޖީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމާއި މީހާގެ އިތުބާރު ދެމެހެއްޓުމާއެކު ކުޅިވަރުގެ ތެރެއިން އެކުވެރި މަޖާ މާޙައުލެއް ޤާއިމުކޮށްދީ މަސައްކަތުގެ މާޙައުލުން ލިބޭ ނުތަނަވަސްކަން ފިލުވާލަދިނުމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ “ ހާސްމޭލު “ ގައި 1000 މޭލު ހަމަކުރާ ފަރާތްތަކަށް ބްރޯންޒް، ސިލްވަރ އަދި ގޯލްޑް މެޑެލް އާއި ފިނިޝަރ ޓީޝާޓް ލިބޭނެއެވެ. އަދި 750 މޭލު ހަމަކުރާ ފަރާތްތަކަށް ބްރޯންޒް އަދި ސިލްވަރ މެޑެލް ލިބޭ އިރު، 500 މޭލު ހަމަކުރާ ފަރާތްތަކަށް ބްރޯންޒް މެޑެލް ލިބޭނެއެވެ.

އޭޑީކޭ ސިނަރޖީ އިން ވަނީ ފާއިތުވި ރަމަޟާން މަހުވެސް 111 ކިލޯ މީޓަރގެ ދުވުން ހަމަކުރުމަށް ޗެލެންޖެއް ބާއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.