ރައީސް ޔާމީންގެ ރިޔާސީ މި ދައުރު ނިމުމުގެ ކުރިން ކަރަންޓުގެ ޚިދުމަތަށް ބޮޑު ރެވިލިއުޝަނެއް އަންނާނެ: ލަމްޢާން

ރައީސް ޔާމީންގެ ރިޔާސީ މި ދައުރު ނިމުމުގެ ކުރިން މާތް ﷲ އިރާދަފުޅާއިއެކު ކަރަންޓިގެ ޚިދުމަތަށް ރެވިލިއުޝަނެއް އަންނާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

ލަމްޢާން މިހެން ވިދާޅުވީ ފެނަކައިން އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗްތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމަށް ރާއްޖޭގެ 8 އަތޮޅަކަށް ކުރެއްވި ދަތުރު ފުޅު ނިންމަވާލެއްވުމަށް ފަހު މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު Below Header ad

“ރައީސް ޔާމީންގެ ރިޔާސީ މި ދައުރު ނިމުމުގެ ކުރިން މާތް ﷲ އިރާދަފުޅާއިއެކު ކަރަންޓްގެ ހިދުމަތަށް ރެވިލިއުޝަނެއް އަންނާނެ. އަޅުގަނޑު މިވަގުތަށް އަދި ނެތިން އެކަމުގެ ތަފްސީލު ހާމަކުރާކަށް. އިރާދަކުރެއްވިއްޔާ މި ބޮޑު ޕްރޮޖެކްޓް ވަރަށް އަވަހަށް އިއުލާން ކުރެވިގެން ދާނެ . މި ޕްރޮޖެކްޓުގެ ފައިދާ ރައްޔިތުންނަށް ލިބިގެން ދާނެ ” ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން ވިދާޅުވިއެވެ.

އައްޑޫސިޓީއާއި ފުވައްމުލަކުސިޓީއާއި ހުވަދުއަތޮޅަށާއި ހައްދުންމައްޗަށާއި ތިލަދުންމަތި އަދި ކޮޅުމަޑުލާއި މާޅޮސްމަޑުލަށާއި ނިލަންދެއަތޮޅަށް ފެނަކަ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމްޢާން މިކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ އަތޮޅުތެރޭ ޤާއިމްކޮށްފައި ހުރި އިންޖީނުގޭތަކުގެ ފެންވަރުކަށަވަރުކޮށް ރައްޔިތުންގެ ހުރިކަންބޮޑުވުންތަށް ދެނެގަތުންކަމުގައިވެސް ލަމްޢާން ވިދާޅުވިއެވެ.

“އަށް އަތޮޅުގައި މިބައްދަލުވުންތައް މި ބޭއްވީ ފެނަކައިއިން ޚިދުމަތްދޭ ހުރިހާ ހުރިހާއަތޮޅެއްގެ ހުރިހާ ބުރާންޗެއްގެ ވެރިން ބައިވެރިކޮށްގެން. ރީޖަނަލް މެނޭޖަރުންނާއި ސްޓޭޝަން މެނޭޖަރުންނަކީ ވަރަށްބޮޑަށް ރައްޔިތުންނާގުޅިގެން އެމީހުންނާ އެކުގަ މަސައްކަތްކުރާ ބައެއް. ޚިދުމަތް ލިބިގަތުމުގަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި. މިހާރު ރައީސް ޔާމީން މިވަނީ ސައުވީސް ގަޑިއިރު ކަރަންޓު ޔަޤީން ކޮށްދެއްވާފަ. ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފަ މިތިބީ އެ ސައްވީސް ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ފުޅާކުރުން. މިސާލަކަށް ވޯޓޭޖް ދައްވާ ދިމާތަކުގެ ކޭބަލް އެޅުމާ ވޯޓޭޖް މަތިކުރުމާ އަލަށް އާބާދުވާ ހިސާބުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ނަގާ ވަގުތު އަވަސްކުރުމާ އެތަންތަނަށްވެސް ފެނާ ނަރުދަމާގެ ކަނެކްޝަން ދިނުމާ މިކަހަލަ ކަންތައްތަކެއް މިހުރީ ” މުހައްމަދު ލަމްޢާން ވިދާޅުވިއެވެ.

މި ދަތުރުފުޅުތަކުގައި މި ރީޖަންތަކާއި ކުންފުނީގެ ޑިޕާރޓްމަންޓުތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ބަލާ މުރާޖާ ކުރެވިފައިވާކަމަށާއި ދެމެހެއްޓެނެވި ގޮތަކަށް ޅިދުމަތް ދިނުމާއި ޚިދުމަތް ފުޅާކުރެވޭނެ ގޮތްތަކާއިމެދު ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވި ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް ސާފުވެގެން ދިޔަކަމަށްވެސް މުހައްމަދު ލަމްޢާން ވަނީ ވިދާޅުވެފައެވެ.

މިދަތުރުފުޅުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން އަރިހުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ އެކްސްކޯ ގެ ބޭފުޅުންނާއި ބައެއް ޑިޕާރޓްމަންޓް ތަކުގެ ވެރިންނާއި ޓެކްނިކަލް ބޭފުޅުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.