އަހަރެމެންނަށް ”މިލީނިއަލްސް“ އޭ ނުކިޔާ! އަހަރެމެންނަކީ ހަނދާންތަކެއް

އަހަރެމެންނަށް ”މިލީނިއަލްސް“ ނުކިޔާށެވެ. އަހަރެމެންނަކީ 90′ އަހަރުތަކުގެ ބޮޑެތިވި ކުދިންނެވެ.

އަހަރެމެން ދެނެގަންނަނީ ޖީލަކުން ނޫނެވެ. ރީތި ފޮނި ހަނދާން ތަކަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަހަރެމެންނަކީ މޮބައިލްފޯން ނުވަތަ ޓީވީ ސްކްރީން ބުޑުން އުފާހޯދުމުގެ ބަދަލުގައި ރަށުތެރެއިންނާއި، އަތިރިމަތިންނާއި، ވަލުތެރެއިންނާއި، މޫދާއި ފުއްޓަރުމަތިން އުފާ ހާސިލްކުރި މީހުންނެވެ.

އަހަރުމެންނަކީ ފަތިހުގެ އިރު ފާއްދާލުމުގެ ކުރިން ފަތިހުގެ އަރާމު ފިނީގައި އަތިރިމައްޗަށްގޮސް ވަޅުޖަހައިލގެން ބޮޑުކަމުދިޔަ މީހުންނެވެ. އެންމެ ރުފިޔާ ފޮއްޗަކުން ނުވަތަ 2 ރުފިޔާއިން މިންނުކުރެވޭވަރުގެ އުފާވެރިކަން އަހަރެމެން ހޯދަމެވެ.

ބައެއްފަހަރު ލޮލީއެއް ގަނެގެނެވެ. ބައެއްފަހަރު ޖޫސްޕެޓީއެއް ގަނެގެނެވެ. އަދި ބައެއްފަހަރު ޓޮފީއެއް ނުވަތަ ކާށިމެޓަލެއް ގަނެލައިގެންނެވެ.

ނަމާދުގެ މުހިންމުކަން އެހާބޮޑަށް އޮޅުންފިލާފައި ނެތުމުން ގިނަފަހަރަށް ކާފަ އާއިއެކު  މިސްކިތަށް ދަނީވެސް ކާފަ ސަޖިދައަށް ދާވަޤުތު ކާފަގެ މަތީ ޖީބުން ވެއްޓޭ ރުފިޔާފޮތީގެ ބޭނުމުގައެވެ.

ނަމާދު ނިމިގެން ކާފަ ސަލާމް ދިނުމަށްފަހު އެރުފިޔާފޮތި ހަމަ ދިއްކޮށްލުމާއިއެކު ވަގުތުން މިސްކިތުން ފައިބައިގެން ދުއްވައިގަންނަމެވެ.  އޭރު 10 ވަރަކަށް ރުފިޔާ އަތުގަ އޮތުމަކީ އާދަޔާ ޙިލާފު މުއްސަދިކަމެކެވެ.

އޭރު ގެންގުޅުން ރުފިޔާގެ އަދަދު ކިތަންމެހާވެސް މަދެވެ، ނަމަވެސް އޭގެ އަގު އިންތިހާއަށް ބޮޑެވެ. ދަބަހަށް ލައިގެން ސްކޫލަށް ގެންދާ އިންޓަވަލްކޮޅު ކާރީގައި އިންނަ ރަޙުމަތްތެރިޔާއަށް ހިއްސާކޮށްލައިގެ ކާލުމުގެ އުފާ މާބޮޑެވެ.

މުދައްރިސުންނަށް އިޙްތިރާމް ކުރުމާއި، ޤަދަރުކުރުން އަދި ހާއްސަކޮށް މުދައްރިސުންދެކެ ބިރުގަތުމަކީ އަހަރެމެންނާއި ހަމައިން ނިމިފަހުރި ކަންކަމެވެ.

ފިލާވަޅު ނުހަދާ ކުލާހަށް އައުމުން ނުވަތަ ކުލާހުގައި ސަކަރާތްޖެހުމުން ގޮނޑިމައްޗަށް ކޮޅަށް އާރުވާފަ ބެހެޓުމާއި، ކުލާހުން ބޭރު އަވީގަ ބެހެއްޓިބެހެއްޓުން އޭރުގަ އަދަބަކަށްވިޔަސް އެހަދާންތަކުން މިހާރު މޫނުމަށްޗަށް ގެނުވަނީ އުފާވެރި ހިނިތުންވުމެކެވެ.

ތެދަށްބުނަންހެއްޔެވެ؟ އޭރުގައި މަދަރުސާގަޑި ނިމުމާއެކު ރައްޓެހިންނާއެކު މަގުތަށްމަށްޗަށް ރަށުތެރެއަށް ކުޅެންދިޔުން ނޫން އެހެން އެއްވެސް ކަމެއް ހިތުގައި ނޯވެއެވެ. އޭރު އެކިކަހަލަ މަންސަތަކުން ފޮލޯ ކުރާނެ ފޮލޯވާރސް އެއް ނުހުރެއެވެ.

ނަމަވެސް ގޭ ދޮރުބޭރުގައި ހުރެ ބާރަށް ނަމުންގޮވާލާފައި ކުޅެން ނިކުންނާށޭ ބުނާނެ ރައްޓެހިން ބައިވަރު ތިބެއެވެ.

ހުވާކޮއްފައި ބުނަމެވެ. މިއަދު ފޯނަށްލިބޭ ސަތޭކަ ނޮޓިފިކޭޝަން އަށްވުރެ އެކަހަލަ އެންމެ ގޮވާލުމެށްވެސް މާ އަގުބޮޑެވެ. އަނެއް ރަށްޓެހި ކުއްޖާއަތުގައި އޮންނަ ކޮންމެ ކުޅޭއެއްޗަކީ ހުރިހާ ކުދިންގެވެސް ކުޅޭއެއްޗެވެ.

ބޯޅައެއްވިޔަސް ބައިސްކަލެށްވިޔަސް އެއީ އެންމެންގެ އެއްޗެއްސެވެ. ކުޅިވަރުގެތެރެއިން އަރާރުންވެ ތަޅައިފޮޅައި ވެސް ގަންނަމެވެ. ތަލަމުން ތަޅަމުންގޮސް ބިންމަށްޗަށް ވެއްޓިގަނެ، އެކަކުއަނެކަކުގެ ގަޔަށް ބޮލަށް ވެލިއަޅާ ދުލަށް އައިހާ ފަތިވަރެއް ގޮވާލާފައި ރުޅިވެގެން ގެއަށްދަމެވެ.

ނަމަވެސް، އަނެށްދުވަހު ހަމަ އިރުއަރާ އިރަށް ނުވަތަ މަދަރުސާއިން ނިމިގެން އަންނަގޮތަށް ހަމަ އެ ގުރޫޕާއިއެކު ކުޅެން ދުއްވައިގަންނަމެވެ. ހިތު ހަސަދައާއި ނަފުރަތުގެ މައްޗަށް އަބަދުވެސް ރަހުމަތްތެރިކަން ކުރިހޯދައެވެ. ދުވަސް ނިމުނީމަ ރުޅި ނިމުނީއެވެ.

އޭރުގެ ހަނދާންތަށް ފޮޓޯގެ ގޮތުގައި ރައްކާ ކުރެވިފައިވަނީ ވަރަށްވެސް މަދުންނެވެ. ނަމަވެސް އޭރު ދިރިޅުނު ކޮންމެ ހިނދުކޮޅެށް ދިރިރުޅުނީ ވަރަށް ގަޔާވެގެން އޭގެ އުފާވެރިކަމާއި އޭގެ ހިތާމަތަށް އޭގެ އެންމެ ފުންމިނުން ލިބިގެން ކަމުން، ތާޒާކަންމަތީގައި ހަދާނުން ނުފޮހެވި ސިކުނޑިގައި އެމަންޒަރުތަށް ހަރުލާފައިވެއެވެ.

އަހަރުމެން ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުން އެދިޔަ ދުވަސްވަރުގެ ހަނދާންތަށް އެއްދުވަހަކުން އަހަރެމެންގެ ލޮލުން ކަރުނަ ފޫއްދާލާނެ ހަނދާންތަކަކަށް ވާނެކަމެށް ހިތަށްވެސް ނާރައެވެ.

އަހަރުމެންގެ ދަރިން ގޭ ފެންޑާގައި ކުޅެން ތިބޭތަން ފެނުމުން މިހާރުވެސް، އަހަރުމެން ކުޅެން އުޅުނު މަގުތަކާ، މަދަރުސާގެ ދަބަހާއި، ދެބައި ވަކިން އިންނަ އިންޓޯލް ފުޅިއާއި، މަށައިގެގޮސްފައި ހުންނަ ކަކުލާއި، ކީލާޖެހި ހަޑިވެފައި ހުންނަ ހެދުމާއި، ވެހުނު ވިއްސާރަ އާއި މަގުމަތީ ހެދިފައިހުރި ފެންގަނޑުތަކާއި، އޭރު ކުޅެން އުޅުން ރައްޓެހިންގެ މަތިން ވަރަށް ހަދާންވެއެވެ.

ވިއްސާރަ، ވިއްސާރަ އޭރު ބުނެދެނީ އެއްގޮތަކަށްވެސް މޫސުމެށްނޫނެވެ. ވިއްސާރަ ބުނެދެނީ ކުޅެން ނިކުންނަންވިކަމެވެ. ވިއްސާރައިފުރަތަމަ ތިކި ބިމުގައި ޖެހުމުގެކުރިން ހިސާބުގަނޑުގެ ހުރިހާކުދިން ތިބޭނީ މަގުތަކަށް ނިކުނެ ތެމެން ތައްޔާރުވެގެންނެވެ.

ގޭގެތަކުގެ ފުރާޅުތަކުގެ ދިޔަދޮވިން ފައިބާ ފެންގަނޑުން ފެންވެރުމާއި،  ފެންގަނޑުގެތެރޭގައި ފުންމުމާއި ބޯޅަކުޅުމާއި، ކަރުދާހުން ބޯޓު ހަދައިގެން ދުއްވުމާއި، ކާފައާއި އެކު ގޭ ފުރާޅަށް އަރައި ފެން ނަގަން ފުރާޅު ދޮވުމާއި، ވިއްސާރަ ވެހި ވެހި ފުރިގެން ބަޑުން ވެފައި ހުންނަ ގެފިލީގެ ވަޅަށް އެރުމާއި، ވިއްސާރަ ހުއްޓައި ނުލައި ގިނައިރުވުމުން އިލޮށިން މާކަނާ ހަދައިގެން ބިމަށްޖަހަގެން އުޅުނު އެފޮނި ހަނދާންތަކަށްވުރެ އަގުބޮޑު އެހެން އެއްޗެއް މިދުނިޔެއިން ނުލިބޭފަދައެވެެ.

ވިއްސާރަ މިހާރުވެސް ވެހެއެވެ. ނަމަވެސް، އެއްވެސް ވިސްނުމަކާއި ފިކުރެއްނެތި އެ ވިއްސާރައިން ތެމި އުފާހޯދި އަހަރެމެން މިއަދު މިތިބީ ބޮޑެތިވެފައެވެ.

އަހަރެމެން ފަދައިން އެ ވިއްސާރަވެސް އަހަރުމެން މަތިން ހަނދާންކޮށްފައި ކަރުނަ އަޅާނޭ ހިތައް އަރައެވެ. މިހާރު އެޔޮއްގެން އިރުއޮއްނީއޭ ގެއަށް ވަންނާށޭ މަންމަ ބުނާއަޑު އަދިވެސް ކަންފަތުން  ނުފިލާ ވެއެވެ.

ބޮޑުނުވެވިގެން ބޮޑުވާހިތުން ބޮޑުމީހަކަށް ވާހިތުން އުޅުނު ދުވަސްވަރު ހިތަށްއަރާފައި، އަދި މިއަދު ބޮޑުވެގެން ބޮލަށް ބަނޑުން ކޮށްލާފައިފާ ޒިންމާތަކާއި ދިރިއުލުމުގެ ގޮންޖެހުންތަށް ހިތައްއަރާފައި އަސްލުވެސް ލޮލުން ކަރުނަ އާދެއެވެ.

ޅަފުރާގެ އެއުފާވެރި ދުވަސްތަށް ދެނެށް ނާންނާނެއެވެ. ނަމަވެސް ތެމިފައިވާ ދެ ލޯލާއިއެކު ކުރެވެމުންދާ އެ ފޮނި ހަނދާން ތަކަށް ދުވަހަކުވެން ނިމުމެށް ނާންނާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.